ބައި-އިލެކްޝަންތަކުން ޕީއެންސީއަށް ބޮޑު މޮޅެއް، އެމްޑީޕީއަށް ދެ ގޮނޑި

ވޯޓެއް ނެތި 24 ގޮނޑި ޕީއެންސީއަށް ލިބުނެވެ. އެހެން ކަމުން 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ލިބުނީ ސަރުކާރު ހިންގާ ޕީއެންސީ އަށެވެ.

މިއަދުގެ އިންތިހާބުން ކާމިޔާބު ހޯދި ބައެއް ކެންޑިޑޭޓުން

މިއަދު އޮތް ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ބޮޑު ކާމިޔާބެއް ލިބިއްޖެ އެވެ.

މިއަދު ނުވަ ދާއިރާއެއްގައި ބައި އިލެކްޝަން އޮތެވެ. އެއީ ނ. ލަންދޫ ކައުންސިލުގެ އަންހެން މެމްބަރު ހޮވުމާއި ހދ. މަކުނުދޫ ކައުންސިލަށް މެންބަރަކު ހޮވުމާއި ރ. އިންނަމާދޫ އާއި ދ. ހުޅުދެއްޔާއި ލ. ގަމާއި ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުންޏާއި ހދ. ހިރިމަރަދޫ އާއި ނ. މިލަދޫ އަދި ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމެވެ.

އޭގެ ތެރެއިން ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންބަރަކު އިންތިހާބު ކުރުން އޮތެވެ.

ނުވަ ގޮނޑި ލިބުނީ ޕީއެންސީއަށެވެ. ދެ ގޮނޑި އެމްޑީޕީއަށެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކު ވެސް އިންތިހާބު ކާމިޔާބު ކުރި އެވެ.

އެއް ކެންޑިޑޭޓަކު ކުރިމަތިލުމުން މިއަދު ބައި-އިލެކްޝަންތައް ބޭއްވުމަށް ތާވަލު ކުރި ގިނަ ދާއިރާތަކުގައި އިންތިހާބެއް ނުބާއްވަ އެވެ. ވޯޓެއް ނެތި 24 ގޮނޑި ޕީއެންސީއަށް ލިބުނެވެ. އެހެން ކަމުން 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ލިބުނީ ސަރުކާރު ހިންގާ ޕީއެންސީ އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.