އެމެރިކާއިން އެޅި ފިޔަވަޅާއެކު އައިސީސީގެ ދިފާއުގައި ގިނަ ގައުމުތަކެއް ތެދުވެއްޖެ

އެ ބަޔާނުގައި ބުނީ، އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ބިރަށް، އައިސީސީގެ ތަހުގީގުތަކަށް އެއްބާރުލުން ދޭން ޖެހިލުންވެ، ހެކިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ވެސް ހުރަސް އެޅޭ ކަމަށެވެ.

ޓްރަމްޕް އާއި ނަތަންޔާހޫ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --ފޮޓޯ: އޭއެފްޕީ

އެމެރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީސީ) އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމުމާ އެކު، އެ ކޯޓުން ކުރާ މުހިންމު މަސައްކަތްތަކުގެ ދިފާއުގައި ގިނަ ގައުމުތަކަކުން ތެދުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރައްވައި އިއްޔެ ނެރުއްވި ޤަރާރުގެ ދަށުން، އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އައިސީސީން ކުރިއަށް ގެންދާ ތަހުޤީޤުތަކަށް އެއްބާރުލުން ދޭ ފަރާތްތަކާއި އެ މީހުންގެ އާއިލާތަކަށް ވިސާ ދިނުމަށް ދަތިކުރުމާއި މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

އައިސީސީގެ މެމްބަރުގެ ގައުމުތަކުގެ ތެރެއިން ތަފާތު 79 ގައުމަކުން ބުނީ، އެމެރިކާއިން އެޅި ފިޔަވަޅުގެ ސަބަބުން ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ.

"މިއަދު އެ ކޯޓަށް މި ވަނީ، ތާރީހު ނުދެކޭ ފަދަ ބޮޑެތޮ ގޮންޖެހުންތަކާ ކުރިމަތިވެފައި،" އެ ގައުމުތަކުން ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުންޏެވެ.  

އެ ބަޔާނުގައި ބުނީ، އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ބިރަށް، އައިސީސީގެ ތަހުގީގުތަކަށް އެއްބާރުލުން ދޭން ޖެހިލުންވެ، ހެކިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ވެސް ހުރަސް އެޅޭ ކަމަށެވެ. 

އަދި މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބާރު ކެނޑިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އައިސީސީ އާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިމިވަނީ، ފަލަސްތީނުގެ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރެއިން ޖަރީމާތައް ހިންގި ކަމަށް ބުނެ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ކޯޓުން ނެރެފައިވަނިކޮށެވެ.

އެމެރިކާ އަކީ އައިސީސީގެ މެމްބަރެއް ނޫންކަމުން، އެ ކޯޓުގެ އިހުތިސާސެއް އެމެރިކާ އާއި އެމެރިކާގެ ރައްޔިތުންގެ މައްޗަށް ނުހިނގާނެ ކަމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.