ބުރާސްފަތި | މިފަހުން އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދިން ދުވަސް

މިފްކޯއިން ވަނީ މަސްވެރިންނަށް މިދިޔަ ބުރާސްފަތި ދުވަހު 6.9 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ފެކްޓަރީއަކުން ދޯންޏަކަށް އައިސް އަޅަނީ -- މިފްކޯ

މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފެށިފަހުން މިދިޔަ ބުރާސްފަތި ދުވަހަކީ މަސްވެރިންނަށް މި ފަހުން އެންމެ ގިނައިން ފައިސާ ދިން ދުވަހެވެ. 

މަސްވެރިން ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދޭން ފެށިފައިވަނީ މިދިޔަ އަހަރުގެ މަސްވެރިން ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު އެންމެފަހުން މަސްވެރިންނަށް ފައިސާ ދޫކުރި މިދިޔަ ބުރާސްފަތި ދުވަހު ވަނީ 40 ދޯންޏަކަށް 6.4 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. މިއީ މި ފަހުން މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޫކުރި ދުވަހެވެ. 

މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޫކުރަން ފެށުމާއެކު މަހަށް ނުކުންނަ ދޯނިފަހަރުވެސް ވަނީ ގިނަވެފަ އެވެ. މިފްކޯއިން ވަނީ މަސްވެރިން މަހަށް ނުކުންނަން ހިތްވަރު ދިނުމުގެ ގޮތުން އައިސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރަން ގިނަ ޕްލާންޓްތަކެއްވެސް އޮޕަރޭޝަނަށް ގެނެސްފަ އެވެ. 

މަސްވެރިކަން މި ދުވަސްވަރު ރަނގަޅުވެފައިވާއިރު މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 300 ޓަނުގެ މަސް ކިފްކޯއަށް ކިރުވަ އެވެ. މިދިޔަ ޖެނުއަރީ މަހަކީ މިފްކޯގެ 27 އަހަރުގެ ތެރޭގައި އެންމެ ގިނައިން މަސް ކިރުވީ މިދިޔަ ޖެނުއަރީ މަހެވެ. މިދިޔަ ޖެނުއަރީ މަހު 8،324 ޓަނުގެ މަސް މިފްކޯ އަށް ކިރުވި އެވެ. 

މި ބަދަލަށް ކުރި ދަތުރު - މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޫކުރުމުގެ ލަނޑުދަނޑި އަށް ސަރުކާރުން ވާސިލްވީ މިދިޔަ ސަރުކާރުން ކެމްޕޭންއާ ދިމާކޮށް މަސް ކިލޯއެއް 25ރ. އަށް ބޮޑު ކުރުމުން މަސްވެރިންނަށް ނުދެވި ހުރި 200 މިލިއަން ރުފިޔާގެ ބޮޑު ބެކްލޮގް ވެސް ކްލިއާ ކުރުމަށްފަހު އެވެ. މި ބަދަލުގެ ސަބަބުން މަސް ކިލޯއަކުން 12ރ. ގެ ގެއްލުމެއް މިފްކޯއަށް ދިޔައީ ވަމުންނެވެ. ސަރުކާރުން ވަނީ މަަސްވެރިންނަށް ފައިސާ ދޫކުމުގެ އިތުރުން މިފްކޯގެ ހިންގުމަށް ބަދަލު ގެނެސް ބޭރުގެ ސީއީއޯއެއް ހަމަޖައްސައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ހާއްސަ އެރޭޖުމަންޓެއް ހަދައި މިފްކޯއިން ދަނީ އެ ކުންފުނިން މަސް އެކްސްޕޯޓްކުރާ ޑޮލަރު ވެސް މާރުކުރަން ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.