ރާއްޖޭގެ ގެސްޓްހައުސްތަކުގައި 63,197 ޓޫރިސްޓުން އެބަތިބި

ހިސާބުތައް ދައްކާ ގޮތުން މި އަހަރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ 25.4 ޕަސެންޓް ޗުއްޓީ ހޭދަކުރަމުން ދަނީ ގެސްޓްހައުސްތަކުގަ އެވެ.

އައްޑޫއަށް ދިޔަ ޓޫރިސްޓުންތަކެއް އެ ރަށުގެ ގުދުރަތީ ރީތި މާހައުލެއްގައި -- އައްޑޫ ޓޫރިޒަމް

މިހާރު ރާއްޖޭގެ 793 ގެސްޓްހައުސްއެއްގައި 63,197 ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ދައްކައިިފި އެވެ. 

މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ޓޫރިޒަމުން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގެ 20 އަތޮޅެއްގެ 116 ރަށުގައި ގެސްޓްހައުސް ހިންގަމުންދާއިރު، އެނދުގެ ޖުމްލަ އަދަދު 13,381 އަށް އަރަ އެވެ. 

ރާއްޖޭގައި ޖުމްލަ 793 ގެސްޓްހައުސް އޮޕަރޭޓް ކުރަމުންދާ ކަމަށް ދައްކަ އެވެ. މިއީ އެވްރެޖުކޮށް ގެސްޓްހައުސްއެއްގައި 79 ޓޫރިސްޓުންނެވެ. މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ 25.4 ޕަސެންޓް ހިއްސާކުރަނީ ގެސްޓްހައުސް ތަކެވެ. 

އެންމެ ގިނަ ޓޫރިސްޓުން މާފުއްޓާއި ތޮއްޑޫގައި

ގެސްޓްހައުސް ހިންގާ ރަށްތަކުގެ ތެރޭން މި ވަގުތު އެންމެ ގިނައިން ޓޫރިސްޓުން އެއް ރަށެއްގައި ޗުއްޓީ ހޭދަކުރަމުން ދަނީ އެންމެ އެނދު ގިނަ ކ. މާފުށީގަ އެވެ. އެ ރަށުގައި 2،800 އެނދު ހުރިއިރު އެންމެ ގިނަ ޓޫރިސްޓުން ތިބީ އެ ރަށުގަ އެވެ. އެ ރަށުގައި މިވަގުތު ވެސް 800 ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުން ދެ އެވެ. ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ތިބި ރަށަކީ އއ. އަތޮޑޫ އެވެ. މި ރަށަކީ މާފުށިގައި ނަގާފައި އެންމެ ގިނައިން ގެސްޓްހައުސް ހުރި ރަށެވެ. 

ޓޫރިސްޓުންގެ 70 ޕަސެންޓް ރިސޯޓްތަކަށް

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިހާރު ރާއްޖޭގައި ހިންގާ 172 ރިސޯޓެއްގައި ޖުމްލަ 173,154 ޓޫރިސްޓުން ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.  ރިސޯޓްތަކުގައި ޖުމްލަ 42,454 އެނދު ހުރިއިރު ރާއްޖޭގައި މި ވަގުތު ޗުއްޓީ ހޭދަ ކުރަމުންދާ ޓޫރިސްޓުންގެ 69.7 ޕަސެންޓް ތިބި ކަމަށް ދައްކަ އެވެ. ރާއްޖޭގެ ޓޫރިޒަމްގައި މިވަގުތު ޖުމްލަ 60,995 އެނދު އެބަހުއްޓެވެ.

މިހާތަނަށް ރާއްޖެއަށް މި މަހުގެ ފަސް ވަނަ ދުވަހަކަށްހަމަށް ރާއްޖެ އަށް ޖުމްލަ 248,545 ޓޫރިސްޓުން އައިސްފައިވާއިރު މިމަހުގެ ފަސް ދުވަހު 33,681 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިދިޔަ ފަސް ދުވަހު ޓޫރިޒަމަށް 11.8 ޕަސެންޓުގެ ކުރިއެރުން ވަނީ ލިބިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.