ފުލުހުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން ވަނީ ތަހުގީގެއް ފަށާފަ އެވެ.
ފުލުހުން ބުނީ ރީތިރަށް ރިސޯޓާ ދިމާ ފަސްމޭލު ބޭރުން ދަތުރު ކުރަމުން ދިޔަ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ ބުދަ ދުވަހު ކަމަށް ވެސް ބުންޏެވެ.
އޭރު ޔޮޓްގައި ތިބީ ފަސް މީހުން ކަމަށާ އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވެ އެވެ.
މި ހާދިސާގައި ޔޮޓް ވަނީ އަޑިއަށް ގޮސްފަ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން ވަނީ ތަހުގީގެއް ފަށާފަ އެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުން އާންމުކުރީ އެކަމާ ގުޅޭގޮތުން ނޫސްވެރީން ސުވާލު ކުރުމުންނެވެ.