ޖޭ ޑަބްލިއު މެރިއޮޓުން މާލެ އަތޮޅުގައި ލަގްޒަރީ ރިސޯޓެއް

މި ރިސޯޓުގައި 80 ޕްރައިވެޓް ޕޫލް ވިލާގެ އިތުރުން 47 ވޯޓާ ވިލާ ހުރެ އެވެ.

ލަޒްގަރީ ބްރޭންޑް ޖޭ ޑަބްލިއު މެރިއޮޓު ކުންފުނިން މާލެ އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓް -- މެރިއޮޓް އިންޓަނޭޝަނަލް

ލަޒްގަރީ ބްރޭންޑް ޖޭ ޑަބްލިއު މެރިއޮޓު ކުންފުނިން  މާލެ އަތޮޅުގައި ލަގްޒަރީ ރިސޯޓެއް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިިފި އެވެ. 

އެމެރިކާގެ ޓޫރިޒަމް ބްރޭންޑް ޖޭޑަބްލިއު މެރިއޮޓް އިންޓަނޭޝަނަލް ކުންފުނިން ބުނެފައިވާ ގޮތުގައި މާލޭން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާ މި ރިސޯޓުގައި 80 ޕްރައިވެޓް ޕޫލް ވިލާގެ އިތުރުން 47 ވޯޓާ ވިލާވެސް ހިމެނެ އެވެ. މި ރިސޯޓު ފަރުމާކޮށްފައިވަނީ މެހުމާނުންނަށް މަތީ ފަންތީގެ އަރާމު ޗުއްޓީއެއް ހޭދަކޮށްލެވޭ ގޮތަށެވެ. މި ރިސޯޓު ހުޅުވަނީ މިމަހުގެ ފުރަތަމަ ކުއާޓަރުގަ އެވެ. 

ޖޭޑަބްލިޔު މެރިއޮޓްގެ ނައިބު ރައީސް އަދި ގްލޯބަލް ބްރޭންޑް ލީޑަރު ބްރޫސް ރޯ ވިދާޅުވީ މި ރިސޯޓުގައި ތިން ބެޑްރޫމާއި ދެ ބެޑްރޫމްގެ ރެސިޑެންސް ވިލާތައް ހުންނާނެ ކަމަށާ މި ތަންތަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރު ފެންނަ ގޮތަށެވެ. 

ޖޭޑަބްލިއުގެ ރިސޯޓެއް ހުޅުވަން ތައްޔާރުވާއިރު، ދުބާއީގެ އެންމެ ބޮޑު އެއް ކުންފުނިން އިހަވަންދިއްޕޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ވަނީ ނިންމާފަ އެވެ. މި ރިސޯޓަށް އެ ކުންފުނިން 600 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.