ކެފޭ މާރާމާރީ: ނޭޕާލު މީހާ ބަންދުކޮށްފި، ބަންގްލަދޭޝް މީހާ އައިސީޔޫގައި

މާރާމާރީ ހިނގާފައި ވަނީ އެ ކެފޭގައި މަސައްކަތް ކުރާ އެ ނޭޕާލް މީހާ އަދި ބަންގްލަދޭޝް މީހެއްގެ މެދުގަ އެވެ. މާރާމާރީގެ ތެރެއިން ދެމީހުންނަށް ވެސް އަނިޔާވެފައިވެ އެވެ.

ކެފޭ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހާގެ ވަނަވަރު --

މާލޭގެ މާވެޔޮމަގުގައި ހުންނަ ކެފޭ ތާސީރު ތެރޭގައި ދެ ބިދޭސީންގެ މެދުގައި ހިންގި މާރާމާރީގެ މައްސަލައިގައި ހިމެނޭ ނޭޕާލު މީހާ ބަންދު ކޮށްފި އެވެ.

މާރާމާރީ ހިނގާފައި ވަނީ އެ ކެފޭގައި މަސައްކަތް ކުރާ އެ ނޭޕާލް މީހާ އަދި ބަންގްލަދޭޝް މީހެއްގެ މެދުގަ އެވެ. މާރާމާރީގެ ތެރެއިން ދެމީހުންނަށް ވެސް އަނިޔާވެފައިވެ އެވެ.

ފުލުހުން މިއަދު ބުނީ އެމީހާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ ނޭޕާލަށް ނިސްބަތްވާ ސިދާތާ ގުރުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ފަސް ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

އޭނާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެވެ. 

މި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އޭގެއިން ފެންނަ ގޮތުގައި ތަނޅުންގަނޑު މަތީގައި އެކަކު އޮންނަނީ އަނެއް މީހާގެ ގައިމަތީގަ އެވެ. ދެ މީހުން ލައިގެން ތިބި ޓީޝާޓު ލެއިން ފޯވެފައިވާއިރު، އެތަކުގެ މުށިތަކުގައިވެސް އޮތީ ލެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.