އެމްއެމްއީގެ އިންޝުއަރެންސް ޕާޓްނަރު އެލައިޑް | މިފަހަރު ތިމާވެށީގެ ހޭލުންތެރި ކުރުމަށް

އެލައިޑުގެ ސްޓޯލަށް ޒިޔާރަތް ކުރުމުގެ ގިނަ އިނާމުތަކެއްވެސް ލިބޭނެ އެވެ. މި އިނާމުގެ ގުރުއަތުގައި އެންރޯލް ކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އޮންނާނެ އެވެ.

ރާއްޖޭގެ ކަނޑު އުޅަނދުގެ ހިދުމަތްތަކަށް ހާއްސަކޮށް ބާއްވާ އެންމެ ބޮޑު އިވެންޓް މޯލްޑިވްސް މެރިން އެކްސްޕޯ 2025 (އެމްއެމްއީ) މިއަދު ފަށާނެ އެވެ. މި އަހަރުގެ އިންޝުއަރަންސް ޕާޓްނަރަކީ އެލައިޑް އިންޝުއަރަންސް އެވެ. މި އަހަރުގެ މެރިން އެކްސްޕޯގައި ފީޗަކުރުމަށް ހަމަޖެހިފައިވަނީ ޕްލާސްޓިކާއި އެހެނިހެން ރީކްލެއިމްޑް ތަކެތިން ތައްޔާރުކޮށްފައިވާ ސްކަލްޕްޗާ އެކެވެ. އެހެންއަހަރުތަކާއި ހިލާފަށް މިއަހަރު މެރިން އެކްސްޕޯ ޕްލެޓްފޯމް އެލައިޑުން ބޭނުންކުރާނީ ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތަކާއި މެދު ހޭލުންތެރި ކުރުމަށެވެ.

"ރިޑިއުސިން ޕްލާސްޓިކް ވޭސްޓް، ޕްރޮމޯޓިންގ އޯޝަން ކޮންޒަރވޭޝަން" މި ޝިއާރުގެ ދަށުން ތައްޔާރުކޮށްފައިވާ މި ސްކަލްޕްޗާއަކީ އެލައިޑް އިންޝުއަރަންސްގެ 40 އަހަރީ ދުވަސް ފާހަގަކުރުމަށް ކ.ހިންމަފުށީގައި ބޭއްވި ކިކްއޯފް އިވެންޓް "ޑައިވް 40" ގެ ތެރެއިން ރަށާއި ފަޅުތެރެ ސާފުކޮށް ކުނީގެ ގޮތުގައި ނެގުނު ޕްލާސްޓިކާއި ރަބާރާއި ދަގަނޑު ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރީކްލެއިމްޑް ވޭލް އެކެވެ.

މިއީ އެލައިޑް އިންޝުއަރަންސާއި ރާއްޖޭގެ ހުނަރުވެރި އާޓިސްޓުން ކަމުގައިވާ ސޮބާ އަދި ހުސެއިން ހިމެނޭހެން، ޓޮކްސީ-ކްރޫއާއި ގުޅިގެން ތައްޔާރުކޮށްފައިވާ ސްކަލްޕްޗާ އެކެވެ. މި މަސައްކަތުގެ މަގުސަދަކީ މި ޕްލެޓްފޯމް މެދުވެރިކޮށް އަދި ތައްޔާރުކުރެވިފައިވާ ސްކަލްޕްޗާ މެދުވެރިކޮށް އެކްސްޕޯގެ ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެލައިޑުގެ ސްޓޯލުން ގިނަ އިނާމުތަކެއް

މެރިން އެކްސްޕޯގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިޔުމަށް އެލައިޑުން ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމަށް ވާގިދޭ އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ ރިސައިކްލިން އަށް ހޭލުންތެރިކުރުމަށް މެރިން އެކްސްޕޯ ކުރިޔަށްދާ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް، ސްކަލްޕްޗާ ބެހެއްޓިފައިވާ ސަރަހައްދުގައި ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ.

މި އަހަރުގެ މެރިން އެކްސްޕޯގައި ވަރަށް ވެސް އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު އެލައިޑުން ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ކަނޑުމަތީގެ އުޅަނދުތަކަށް ހާއްސަ ހަލް އިންޝުއަރަންސް ޕްލޭނެއް %40 ލައިފްޓައިމް ޑިސްކައުންޓެއް ލަކީޑްރޯ އިން ހޮވޭ ފަރާތަކަށް ލިބޭގޮތަށް ވަނީ ހަމަޖެހިފައިވެ އެވެ. މި އިނާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެލައިޑް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ކިއު-އާރް ކޯޑް ސްކޭން ކޮށްގެންނެވެ. ހަމަމިއާއެކު ރީކްލެއިމްޑް ވޭލްގެ ފޮޓޯއެއް ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި އެލައިޑް ޓެގް ކުރުމަށްފަހު ޕަބްލިކް ސެޓިންގައި ޝެއާ ކުރާ ފަރާތްތަކާއި ފުރަތަމަ އިނާމަށް ކުރިމަތިލާ، ނުހޮވޭ ފަރާތްކުގެ މެދުގައި ލަކީޑްރޯއެއް ނަގާ ނަސީބުވެރި ދެ ފަރާތަށް، އެއް އަހަރު ދުވަހުގެ ވެލިޑިޓީއާއި އެކު ވޯލްވައިޑް ޓްރެވަލް ޕްލޭނެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.