މަސް ނިމުމުގެ ކުރިން ފްލެޓް ލިސްޓު އިއުލާނުކޮށް، ސެޕްޓެމްބަރުގެ ކުރިން ހަވާލުކުރަނީ

"ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ،"

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކެއް -- ފައިލް ފޮޓޯއެއް

ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު، މި މަސް ނިމުމުގެ ކުރިން އިއުލާނުކޮށް، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކޮށް ނިންމާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ 4000 ފްލެޓް ލިބޭނެ ކަމަށް އިއުލާނުކޮށްފައިވާ ލިސްޓާއިމެދު އެންޓި ކޮރަޕްޝަން ކޮރަޕްޝަން (އޭސީސީ) އަންގާފައިވާ އެންގުންތަކާއެކު، ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަކީ ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއް ކަމަށެވެ. 

"މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި، މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާނު ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ،" ރައީސް ވިދާޅުވި އެވެ.

މި މަހު ފްލެޓް ލިސްޓު އިއުލާނު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައި މިވަނީ ލިސްޓް އާންމު ކުރާނެ ކަމަށް ބުނެ އެތައް ތާރީހެއް މީގެ ކުރިން ދީފައި ވަނިކޮށެވެ. ރޯދައިގެ ކުރިން ފެލްޓް ލިސްޓު އާންމު ކުރާނެ ކަމަށް، މިހާރު އެކަމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.

ގެދޮރުވެރިޔާ ހައުސިން ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމުން ޖުމްލަ 20،697 ފޯމު ވަނީ ހުށަހަޅައިފަ އެވެ. މިހުރިހާ ފޯމެއް އިވެލުއޭޓް ކުރުމުގެ ބަދަލުގައި، ހައުސިން މިނިސްޓްރީން ވަނީ 4000 ފްލެޓް ދިން މީހުންގެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.