މަސައްކަތްކުރި ފަރާތްތަކަށް ހަ ބިލިއަން ދޫކޮށް، ހާހަކަށްވުރެ ގިނަ މަޝްރޫއުކުރިއަށް

ރައީސް ވިދާޅުވި ގޮތުގައި ހުއްޓިފައިވާ ހުރިހާ މަޝްރޫއުތަކެއް މި މަހާއި މާރިޗު މަހު ފެށިގެންދާނެ އެވެ.

ރަށެއްގެ ބަނދަރު ހަދަން ބޮޑު ހިލަ ގެންދަނީ -- އެމްޓީސީސީ

މިހާރު ވެސް ހާހަކަށްވުރެ ގިނަ މަޝްރޫއު ރާއްޖޭގެ އެކި ކުރިއަށް ދާއިރު މަސައްކަތް ކޮށްފައިވާ ފަރާތްކަށް ހަ ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފި އެވެ.

ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިންގާ އެއް ބައިގެ ތަފުސީލް ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ހުއްޓިފައިވާ މަޝްރޫޢުތައް ފެށުމާއެކު ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއެކު އަލަށް ފަށާ މަޝްރޫއުތަކާއެކު ޖުމްލަ 1043 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށް އެބަދެ އެވެ.

ރައިސް ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވި އިރު ހުއްޓިފައިވާ މަޝްރޫއުތަކެއް ހުއްޓިފައި ހުރި ކަމަށާ އަދި އިންތިޚާބާ ދިމާކޮށް އެއްވެސް ބަޖެޓެއް ޕްލޭނެއް ނެތި ކޮންޓްރެކްޓްކޮށް އެއްގޮތަކަށް ވެސް މަސައްކަތް ނުފެށިހުރި މަޝްރޫއުތަކެއް ވެސް އެބަހުއްޓެވެ. 
ވުމާއެކު ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމުމާއިއެކު މަސައްކަތް ފަށާ ކުރިއަށް ނުގޮސް ހުރި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މިގޮތުން ހުއްޓިފައިވާ ފެނާ ނަރުދަމާ މަޝްރޫއުތަކާއި ސްކޫލް އިންފްރާސްޓަރަކްޗަރު ހެލްތް ސެންޓަރުތައް އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިމަހާއި މާޗް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރުމަށް އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާ ހަދާފައިވާ އެގްރީމަންޓްތަކުގެ ދަށުން ލޯކަލް ވެންޑަރުން ހުށަހަޅާފައިވާ ބިލުތަކަށް 6.4 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައިވާ ކަމަށެވެ. 

ރައީސް ދެއްވި ބަޖެޓު ހަރަދުގެ ތަފުސީލް

  • ޖުމްލަ 53.1 ބިލިއަން ރުފިޔާ
  • ބަޖެޓުގެ 34.8 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވަނީ ރިކަރަންޓް ހަރަދަށް
  • ބަޖެޓުގެ 34.8 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވަނީ ރިކަރަންޓް ހަރަދުތަކަށް
  • 13.6 ބިލިއަން ރުފިޔާއަކީ ދަޢުލަތުގެ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް
  • 4.7 ބިލިއަން ރުފިޔާ ރިކަރަން ޓްޚަރަދުގެ އިންޓަރަސްޓަށް
  • ރިކަރަންޓް ޚަރަދުގެ ތެރެއިން އެކިކަހަލަ ގްރާންޓްތަކާއި، ސަބްސިޑީއަށް 10.5 ބިލިއަން ހަރަދު ވެފައިފައި
  • އޮޕަރޭޝަނަލް ޚިދުމަތްތައްފަދަ ކަންކަމަށް 6 ބިލިއަން ރުފިޔާވަނީ ހަރަދުވެފައި
  • ކެޕިޓަލް ޚަރަދުގެ ގޮތުގައި ޖުމްލަ 18.3 ބިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދުގެ 11.4 ބިލިއަން ރުފިޔާ ޚަރަދުވެފައިވަނީ ޕީއެސްއައިޕީ މަޝްރޫއު ހިންގުމަށް
  • ޕްރިންސިޕަލް ލޯން ރިޕޭމަންޓްތަކަށް 2.3 ބިލިއަން ރުފިޔާ ހަރަދު ވެފައި
  • 2.1 ބިލިއަން ރުފިއާ އިންވެސްޓްމަންޓްތަކަށް ހަރަދު
  • 1.8 ބިލިއަން ރުފިޔާ ކެޕިޓަލް އިކުއިޕްމަންޓާއި، އެފަދަ އެހެނިހެން ތަކެއްޗަށް ހަރަދުވެފައިވޭ
  • 0.7 ބިލިއަން ރުފިޔާ ލޯން އިޝޫކުރުމަށް ހަރަދު ކުރެވިފައި
  • 17 ނޮވެންބަރު 2023ގެ ކުރިން ނަގަފައިވާ ލޯނުތައް ދެއްކުމަށް މިދިޔަ އަހަރުގެ ބަޖެޓުން 3.9 ބިލިއަން ރުފިޔާ ހަރަދުކުރި
  • ދަރަނި ދެއްކުމަށް 3.1 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައި

ރައީސް ވިދާޅުވި ގޮތުގައި އިންޑިއަން ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫއު ނިމުމަކާ ހަމައަށް ގޮސްފައިވާއިރު އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ. އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި އިޢުލާން ކުރާނެ އެވެ.

"އައްޑޫ އަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫއުގެ މަސައްކަތް ނިމި އޭގެ ފަސޭހަކަން މިއަހަރު ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ. މާލެ ސަރަޙައްދަށް ބަލާއިރު، ތިލަމާލެ ބުރިޖަކީ މި ސަރަޙައްދުގެ ޢުމްރާނީ ތަރައްގީގައި ވަރަށް މުހިއްމު މަސައްކަތެއް. ބުރިޖުގެ މަސައްކަތުގެ 50.88 އިންސައްތަ ވަނީ ނިމިފައި. ޑީޕްސީ ޕައިލް ކުރުމުގައި ލަސްވެގެން ގޮސްފައިވީނަމަވެސް އަދިވެސް އުއްމީދު މި ކުރަނީ ރާވާފައިވާ ގޮތަށް މަޝްރޫޢު ނިމިގެންދާނެކަމަށް،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.