މިީ އަމަލީ މަސައްކަތުގެ އަހަރު، ކުރިޔަށް އޮތީ ނަތީޖާ ނެރެދިނުމުގެ ގައުމީ މޫސުމެއް: ރައީސް

އެހެންކަމުން ކަނޑާއި އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއުކުރެވޭނެވަރުގެ ގާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތް ކުރާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ --

މިއަހަރަކީ ވައުދުވެވަޑައިގެންފައިވާ ކަންކަމުގެ އަމަލީ މަސައްކަތް ފަށައިގަންނަ އަހަރު ކަމަށާއި، ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ގައުމީ މޫސުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު މުޅި ރާއްޖެއަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، ހާއްސަ ގޮތެއްގައި އިސްލާމީ އަގީދާ ވަރުގަދަކޮށް، ދީނަށްޓަކައި ދިވެހިންގެ މެދުގައި އޮތް ލޯބި އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. 

"މިކަމުގައި އަޅުގަނޑުގެ މަންހަޖަކީ، ކުރީއަހަރުގެ ވެސް މަންހަޖު. އެއީ ދިވެހި އުންމަތުގެ ހާލާއި، މުސްތަގުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު އަމީންގެ ލިޔުއްވުމަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެ ލިޔުއްވުމުގައިވާ ގޮތަށް، އެމަނިކުފާނުގެ އަޒުމަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު، ނަފްސުގެ މައްޗަށް އިތުބާރުކޮށް، ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައި މަސައްކަތް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މާތް ﷲ އިރާދަކުރެއްވިއްޔާ މިއަހަރަކީ އަމަލީ މަސައްކަތުގެ އަހަރު. ކުރިޔަށް އޮތީ، ނަތީޖާ ނެރެދިނުމުގެ ގައުމީ މޫސުމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހު ރައްޔިތުންނަށް ވެވަޑައިގަތް އެންމެ ބޮޑު ވައުދަކީ ގައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމާއި، މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތް ކުރުން ކަމަށެވެ. އެހެންކަމުން ކަނޑާއި އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއުކުރެވޭނެވަރުގެ ގާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތް ކުރާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.