ޣައްޒާއިން މީހުން ބޭލުމަށް ކުރާ މަސައްކަތަކަށް ރާއްޖޭން ދުވަހަކުވެސް ތާއީދެއް ނުކުރާނެ: ރައީސް

ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުން ބިމެއް ކަމަށާއި، އެތަނުން މީހުން ބާލަން ކުރާ އެއްވެސް މަސައްކަތަކަށް ރާއްޖޭން ދުވަހަކު ވެސް ތާއީދުނުކުރާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގާޒާގެ ރައްޔިތުން ހިޖުރަ ކުރަނީ --

ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުން ބިމެއް ކަމަށާއި، އެތަނުން މީހުން ބާލަން ކުރާ އެއްވެސް މަސައްކަތަކަށް ރާއްޖޭން ދުވަހަކު ވެސް ތާއީދުނުކުރާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ އަމާންކަން އިސްކުރާ ގޮތަށް ކަމަށެވެ.

މިގޮތުން، އެހެން ގައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ރާއްޖޭން އެއްގޮތަކަށްވެސް ބަލައި ނުގަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެއާ އެކު ރައީސް ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ ތަރައްގީ ކުރަން އެތަނުން ފަލަސްތީނުގެ ރައްޔިތުން ބޭލުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ނުސީދާ ގޮތުން ރައްދު ދެއްވައިފަ އެވެ.  

"ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ޤުދުސްއަކީ ފަލަސްތީންގެ ވެރިރަށް ކަމުގައި ގަބޫލުކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށެވެ.

"އަދި ވަކި ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނު ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަގީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.