އިދިކޮޅު މެންބަރުން އަޑުގަދަކުރަން ފެށުމުން ނަން އިއްވައިފި

މެންބަރުން އަޑުގަދަ ކުރަން ފެށުމާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް މެންބަރުންނަށް އަންގާފަ އެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ --

މިދައުރަށް ރައްޔިތުންގެ މަޖިލީސް ފެށުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެށުމާއެކު އިދިކޮޅު މެންބަރުން އަޑުގަދަ ކުރަން ފެށުމުން އެ މެންބަރުންގެ ނަންނަ އިއްވައި، ޖަލްސާ މެދުކަނޑާލައިފި އެވެ.

ރައީސް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު މެންބަރުން ވަނީ ކޮޅަށް ތެދުވެ، އަޑުގަދަ ކުރަން ފަށައިފަ އެވެ. 

މެންބަރުން އަޑުގަދަ ކުރަން ފެށުމާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް މެންބަރުންނަށް އަންގާފަ އެވެ.

ނަމަވެސް މެންބަރުން އަޑުގަދަކުރުން ނުހުއްޓުމުން އަބްދުއްރަހީމް އެންމެ ފުރަތަމަ އިއްވެވީ ގަލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއިލް ނަސީމް ނަމެވެ. އޭގެ ފަހުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނަން ވަނީ އިއްވާފަ އެވެ.

އެ މެންބަރުން މަޖިލީހުގެ ތަޅުމުން ވަޑައިގަންނަންދެން ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ. ރިޔާސީ ބަޔާން ކުރިއަށްދާނީ އެ މެންބަރުން ތަޅުމުން ނުކުތުމުން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

ނަން އިއްވުމުން ވެސް މެންބަރުން ތަޅުމުން ނިކުމެފައި ނުވާތީ، އެ މެންބަރުން ބޭރުކޮށްފައި ވަނީ ސެކިއުރިޓީ ބޭނުންކޮށްގެންނެވެ. ބައެއް މެންބަރުން ނެރުނީ ސެކިއުރިޓީ މީހުން އުފުއްލާލައިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.