މިދިޔަ އަހަރު 374 ވިޔަފާރިއަށް 198 މިލިއަން ރުފިޔާގެ ލޯނު ދިން

ރައީސް ވަނީ މެދުކެނޑުމަކަށްފަހު މި އަހަރު ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މަރުކަޒު އޮންނާނެކަމަށް ވިދާޅުވެފަ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ވިޔަފާރީގެ ފެއާއެއްގައި ބައިވެރިވި ކުދި ވިޔަފާރިތަކެއް

މިދިޔަ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކަށް 374 ވިޔަފާރިއަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު ފައިސާ ދޫކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުން މަޖިލީސް ހުޅުވައި ދެއްވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގްތިސޯދުގެ ހަކަތަ ގެންނަން މި ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި މިދިޔަ އަހަރު ތެރޭގައި 374 ވިޔަފާރިއަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު ފައިސާ ވަނީ ދޫކޮށްފަ އެވެ. 

ރައީސް ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު މި އަހަރުގެ މޭމަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

"ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބާއްވާނެ. މި މައުރަޒުގެ ސަބަބުން ދިވެހި ރާއްޖޭގެ އިގްތިސާދާއި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުމަށާއި ވަޅު ޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އާންމުކޮށް އެންމެންނަށް އެއްތަނަކުން މިފަދަ އުފެއްދުންތައް ފެންނާނޭފަދަ މާހައުލެއް ގާއިމުކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.