ޓްރަމްޕްގެ ޣައްޒާ ޕްލޭނަކީ ނަސްލު ނައްތާލުން ކަމަށް އދ.އިން ބުނެފި

ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ގިނަ ރައްޔިތުން ބާލައިގެން އެތަން އަމިއްލަކޮށްގެން، ތަރައްގީކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނަކީ، ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުން ކަމަށް އދ.ގެ ވެރިޔާ ސިފަކޮށްފި އެވެ.

ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތެއްގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން. --ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ގިނަ ރައްޔިތުން ބާލައިގެން އެތަން އަމިއްލަކޮށްގެން، ތަރައްގީކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނަކީ، ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުން ކަމަށް އދ.ގެ ވެރިޔާ ސިފަކޮށްފި އެވެ. 

އެމެރިކާއަށް ރަސްމީ ދަތުރެއްގައި ގޮސް ހުރި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ އެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓްރަމްޕް ވަނީ ޣައްޒާއަކީ އެމެރިކާގެ އަމިއްލަ ތަނަކަށް ހަދައި، އެތަނަށް ތަރައްގީ އާއި ކުރިއެރުން ގެނައުމުގެ ވަރުގަދަ ޕްލޭނެއް އިއުލާނު ކުރައްވައިފަ އެވެ.

ނަމަވެސް، އެ ޕްލޭން ތަންފީޒު ކުރުމަށްޓަކައި، ޣައްޒާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން އެހެން ގައުމުތަކަށް ގެންދަންޖެހޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.  

އެކަމާ ގުޅިގެން އދ.ގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަމުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް، އެ މީހުންގެ އަމިއްލަ ވަޒަނުގައި ދިރިއުޅުމަކީ، އެ މީހުންގެ ކިބައިން ނިގުޅައިގަނެވޭނެ ހައްގެއް ނޫން ކަމަށެވެ. 

ނަމަވެސް، ޣައްޒާއަށް ކުރިމަތިވެފައިވާ ނިކަމެތި ކަމުގައި، ތަކުރާރުކޮށް އެ ހައްގުން މަހުރޫމް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެފަހުން، އދ.ގެ ތަރުޖަމާނު ވަނީ، ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން އެ މީހުންގެ ބިންތަކުން ބޭލުމަކީ، ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. 

ޣައްޒާއާ މެދު ޓްރަމްޕްގެ ވިސްނުންފުޅު ހާމަކުރެއްވުމާ އެކު، އަރަބި ގައުމުތައް ހިމެނޭހެން، ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އެކަމާ ދެކޮޅަށް ތެދުވެފަ އެވެ. 

ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން އަމާޒުވުމުން، އެމެރިކާ ސަރުކާރުން ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުމުގައި ހިމެނެނީ، ޣައްޒާ ތަރައްގީ ކުރެވެންދެން ވަގުތީ ގޮތުން މީހުން އެހެން ސަރަހައްދުތަކަށް ގެންދިޔުމުގެ ވިސްނުން ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.