މަޝްއަރު ގުރޫޕުން މީހުން އަތުން ފައިސާ ނަގައި، އުމްރާއަށް ނުގެންދިޔަ މައްސަލައިގައި ދައުވާ ކޮށްފި

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ އެ ކުންފުނީގެ ވެރިޔާ، މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ޓެކުމުގެ ކުށުގެ ހަ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ރާއްޖޭން ހައްޖަށް ދިޔަ ބަޔަކު: އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާއަށް ހިޔާނާތްތެރިވުމުން އަލް-މަޝްއަރު ގުރޫޕުގެ ވެރިޔާއަށް ވަނީ ދައުވާ ކޮށްފައި --

އަލް-މަޝްއަރު ޕްރައިވެޓް ލިމިޓެޑުން ބަޔަކު އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު އެ މީހުން އުމްރާއަށް ނުގެންދިޔަ މައްސަލައިގައި ދައުވާ ކޮށްފި އެވެ. 

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ އެ ކުންފުނީގެ ވެރިޔާ، މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ޓެކުމުގެ ކުށުގެ ހަ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ފާރިޝްގެ މައްޗަށް ޓެކުމުގެ ދައުވާ ކުރީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ކުންފުނީގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް މިދިޔަ އަހަރު އުމްރާއަށް މީހުން ގެންގޮސް ދިނުމުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި ޑޮލަރު ނެގުމަށްފަހު އެ މީހުން އުމްރާއަށް ގެންގޮސްދީފައި ނުވާތީ އާއި އަދި އެ ފައިސާ އަނބުރައި ރައްދުކޮށްދީފައި ނުވާތީ ކަމަށެވެ.

ދައުވާކޮށްފައި ވާނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިންނެވެ. މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި އުމްރާއަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނެ އެވެ.

ޕީޖީ އޮފީހުން ބުނީ ގޮތުގައި ފާރިޝް ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ރުފިޔާ އާއި 8،100 ޑޮލަރެވެ. މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާގެ އަތުން މި ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އުމްރާއަށް ގެންދާނެ ކަމަށްބުނެ ނެގި ފައިސާ އޭނާގެ އަމިއްލަ އެކައުންޓުތަކަށާއި، އޭނާގެ ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑްއާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް، ފައިސާ ލޯންޑާ ކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފާރިޝްގެ މައްޗަށް ތުހުމަތުކުރެވޭ މީހުން އުމްރާއަށް ގެންދިއުމަށްފަހު، އެމީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެމީހުންގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ފުލުހުން ދަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.