އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ އިންޑިއާގެ 200 މީހަކު ބޭރުކޮށްފި

އެމެރިކާއިން ވަނީ އަސްކަރީ މަތިންދާ ބޯޓެއްގައި މިއަދު 200 މީހަކު އިންޑިއާއަށް ފޮނުވާލާފަ އެވެ.

އެމެރިކާއާއި މެކްސިކޯ ބޯޑަރު ކައިރީގައި އިންޑިއާ ރައްޔިތުންތކެއް -- އޭއެފްޕީ

އިންޑިއާގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިންޑިއާގެ 200 މީހަކު އެމެރިކާގެ އަސްކަރީ މުދާ އުފުލާ މަތިން ދާ ބޯޓެއްގައި މިއަދު އެ ގައުމުން ބޭރުކޮށްފި އެވެ. 

އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ގަވާއިދާ ހިލާފަށް އެމެރިކާގައި އުޅޭ މީހުން އެ ގައުމުން ބޭރު ކުރުމުގެ ކެމްޕޭންގެ ދަށުން އިންޑިއާގެ 200 މީހަކު ގޮވައިގެން އައި މަތިންދާ ބޯޓު އިންޑިއާގެ އަމްރިތުސަރު ވައިގެ ބަނދަރުގައި ޖެއްސީ މިއަދު އެވެ. 

އެމެރިކާ އިން އިންޑިއާ އަށް ފޮނުވައިލި މީހުންގެ ތެރޭގައި ހިމެނެނީ ޕަންޖާބަށް ނިސްބަތްވާ 33 މީހަކާއި ހަރިއާސާ ސްޓޭޓާއި އުއްތަރުޕްރަދޭސް އަދި ޗަންދިގަރު ސްޓޭޓަށް ނިސްބަތްވާ މީހުންނެވެ. މިއީ އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިންޑިއާގެ ރައްޔިތުން އަސްކަރީ މަތިންދާ ބޯޓެއްގައި ބޭރުކުރާ ފުރަތަމަ ފަހަރެވެ. 

ގަވާއިދާ ހިފާލަށް އެންމެ ގިނަ ބަޔަކު އެމެރިކާގައި އުޅެމުންދަނީ ގުއަޓަމާލާ އާއި ހޮންޑިއުރާސް އަދި މެކްސިކޯގެ އިތުރުން އިންޑިއާ ރައްޔިތުންނެވެ. އިންޑިއާގެ 750،000 މީހުން އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ކަމަށް ބެލިފައިވެ އެވެ. އިންޑިއާއަކީ މެކްސިކޯ އާއި އެލްސަލްވެޑޯއަށްފަހު އެމެރިކާގައި ގަވައިދާ ހިލާފަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ގައުމެވެ. 

އެމެރިކާގެ ސަރުކާރުން ދަނީ އިންޑިއާގެ 20،000 އަށްވުރެ ގިނަ މީހުން އެ ގައުމުން މިވަގުތު ބޭރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިވަގުތުވެސް 2،600 އަށްވުރެ ގިނަ މީހުން އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެޖެންސީ (އައިސް) ގެ ބަންދުގައި ތިބި ކަމަށްވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.