ހޮސްޕިޓަލަކުން ބަލި މީހެއްގެ އެކްސް-ރޭ ލީކުކޮށްލި މައްސަލައެއް ބަލަނީ

ސޯޝަލް މީޑިއާގައި އިއްޔެ ވަނީ މީހެއްގެ ހަށިގަނޑުގައި ބޮޑީ ސްޕްރޭ ފުޅިއެއް ތާށިވެފައިވާ އެކްސް-ރޭއެއް އާންމުވެފަ އެވެ. އަދި އެ ފުޅި މީހާގެ ހަށިގަނޑުން ނަގައި، ހޮސްޕިޓަލް ޓްރޭއަކަށްލާފައި އޮތް ފޮޓޯއެއް ވެސް އާންމުވެފައިވެ އެވެ.

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިން --

މާލެ ސަރަހައްދުގެ ހޮސްޕިޓަލަކުން ބަލި މީހެއްގެ އެކްސް-ރޭ ލީކުކޮށްލި މައްސަލައެއް ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ވަނީ މީހެއްގެ ހަށިގަނޑުގައި ބޮޑީ ސްޕްރޭ ފުޅިއެއް ތާށިވެފައިވާ އެކްސް-ރޭއެއް އާންމުވެފަ އެވެ. އަދި އެ ފުޅި މީހާގެ ހަށިގަނޑުން ނަގައި، ހޮސްޕިޓަލް ޓްރޭއަކަށްލާފައި އޮތް ފޮޓޯއެއް ވެސް އާންމުވެފައިވެ އެވެ.

މި ފޮޓޯތައް ލީކުވެފައި ވަނީ ހޮސްޕިޓަލުން ކަމަށް ތުހުމަތު ކުރެވެ އެވެ. މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، މައްސަލަ ބަލަމުންދާ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލު ދީފައެއް ނުވެ އެވެ.

މި ފޮޓޯތައް ލީކުވެފައި ވަނީ ކޮން ހޮސްޕިޓަލަކުންކަން މިނިސްޓްރީން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް އެއީ ހުޅުމާލެ ހޮސްޕިޓަލުން ލީކުވި ފޮޓޯތަކެއްކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

މިނިސްޓްރީން ބުނެފައި ވަނީ ލީކުވެފައިވާ ފޮޓޯތަކަކީ އަސްލެއްތޯ ވެސް ކަށަވަރު ކުރަމުންދާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.