ޔާސީންގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރުގައިވާ ގޮތުގައި، އޭނާ އަކީ މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރާ މީހެއްކަން އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ކެފޭއަކުން ކެއުމަށްފަހު ބިލު ނުދައްކާ ފިލި މީހަކު ހައްޔަރު ކުރުމަށްފަހު، ރިމާންޑް ޖަލެއްގައި ބަންދުކޮށްފި އެވެ.
މި މައްސަލައިގައި ބަންދުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ އދ. މާމިގިލި، ހަނދުވަރުގޭ ޔާސީން ރަޝީދެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ 10 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
ޔާސީންގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރުގައިވާ ގޮތުގައި، އޭނާ އަކީ މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރާ މީހެއްކަން އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
އޭނާ ވަނީ ކެފޭއިން ކެއި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ. ނަމަވެސް ފައިސާ ދައްކަން ބޭބެއަށް ގުޅި ކަމަށާއި، ނަމަވެސް ބޭބެ ފޯނު ނިއްވާލާފައި އޮތް ކަމަށް ބުންޏެވެ. އަދި ފަހުން އެ ފައިސާ ފޮނުވިކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ނަމަވެސް އެ ފައިސާ ފޮނުވާފައި ނުވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
ޔާސީނަކީ ކުށުގެ ރެކޯޑާއި އަދި ބަންދު ރެކޯޑުވެސް އޮންނަ މީހެއް ކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ.