އެމެރިކާގެ ވިސްނުން ހާމަވެއްޖެ، ބޭނުންވަނީ ގާޒާ ވެރިކޮށްލަން

ރައިސް ޓްރަމްޕް އާއި ނަތަންޔާހޫ ވަނީ ވައިޓްހައުސްގައި ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމަށްފަހު ވަނީ ގާޒާގެ ރައްޔިތުން އެތަނުން ނެރުމުގެ ސައްލާތައް ކޮށްފަ އެވެ.

ރައީސް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ -- އޭއެޕްޕީ

ފަލަސްތީނުގެ މައްސަލާގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއިލްގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބައްދަލުވުމުން ހާމަވި އެންމެ ބޮޑު އެއް ކަމަކީ އެމެރިކާގެ ސިއްރު އެޖެންޑާ ދުނިޔެ އަށް ބޭޒާރުވުމެވެ. އެމެރިކާގެ ހަގީގީ ވިސްނުމަކީ ގާޒާ ވެރިކޮށްލުމެވެ. 

ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވަނިކޮށް އެމެރިކާއަށް ވަޑައިގެން އެ ގައުމުގެ އާ ރައީސާއެކު ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ އެންމެ ގިނައިން ޓްރަމްޕާ ސުވާލު ކުރުމަތިކުރީ ފަލަސްތީނާމެދު ގެންގުޅޭ ޕްލޭންތަކާ މެދުގަ އެވެ. މާގިނައިން ސުވާލު ކުރަން ފެށުމުން ރައީސް ޓްރަމްޕް ވަނީ އެ މަނިކުފާނުގެ އާއްމު ސްޓައިލަށް ރުންކުރުކޮށް ޖަވާބު ދެއްވާފަ އެވެ. 

އެ މަނިކުފާނުގެ ބައެއް ޖަވާބުތަކުން އެމެރިކާއިން ފަލަސްތީނުގެ ރައްޔިތުންނާމެދު އޮތް ނަފުރަތު ސާފުކޮށް ފެނެ އެވެ. އެގޮތުން ޓްރަމްޕް ވަނީ އިސްރާއިލުން ކުރިއަށް ގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާ ތަކަށް ހިތްވަރުދީ ވާހަކަ ދައްކަވާފަ އެވެ. 

ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ބޭނުންވަނީ ގާޒާ ހުސްކޮށް އެތަން ވަކޮށްލަން ކަމަށެވެ. އަދި ގާޒާއާމެދު ބޮޑު ޕްލޭނެއް ގެންގުއްވާކަން ޓްރަމްޕް ވަނީ ހާމަކުރައްވާފަ އެވެ. އެމެރިކާގެ އެ ޕްލޭންގައި ގާޒާއަކީ ދުނިޔޭގެ އެކި ހިސާބުތަކުން މީހުން ގެނެސް ވަޒަންވެރި ކުރުވާނެ ތަނެއްގެ ގޮތުގައި ހައްދަވާނެ ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.