ރޯދައަށް ގެ ސާފުކުރާއިރު މަގުމަތީ ކުނި ނުބަހައްޓަން އެންގުމެއް

އެ ގާނޫނޫނާ އެއްގޮތަށް، މަގުތަކާއި އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަގުމަތީގައި ކުނި ބަހައްޓާފައި -- މި

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން، ގެ ސާފު ކުރުމަށްފަހު، އެރަށެއްގެ ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކާއި ގުޅައިގެން ކުނި އުކާލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އީޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ މި އަހަރު ވެސް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާނެ ކަމަށާއި، މިގޮތުން އުފެދޭ ކުނި ރަށްރަށާއި، ސިޓީތަކުގެ މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް މިހާރަކަށް އައިސް އާންމުކޮށް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ. 

"މިކަމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ، އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީވެ، މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް ދަންނަވަން،" އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނީ ރޯދަމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދާއިރު ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެގޮތުން ރަށްރަށުގައިނަމަ އެރަށެއްގައި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަކާއި އަދި ސިޓީތަކުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅައިގެން ހަމަޖެއްސުމަށް އީޕީއޭ އިން ވަނީ އަންގާފަ އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ގާނޫނު ނަންބަރު: 24/2022 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ ދަށުން މަނާކަމެއް،" އީޕީއޭ އިން ހަނދާންކޮށްދީފައިވެ އެވެ.

އެ ގާނޫނޫނާ އެއްގޮތަށް، މަގުތަކާއި އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.