ޓޫރިސްޓުން އިތުރުވާ ވަރަކަށް އާމްދަނީވެސް ދަނީ މަތިވަނުން

ގްރީން ޓެކުހުގެ ގޮތުގައި މިމަހު ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފަ އެވެ. މިއާއެކު ޓީޖީއެސްޓީވެސް ވަނީ މަތިވެފަ އެވެ.

ޓޫރިޒަމް ފަތުރުވެރިކަން ޓޫރިސްޓުން ފަތުރުވެރިން ކްރޫޒަ ލައިނާ -- މިރާ

މި އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާ ވަރަކަށް ޓޫރިޒަމަށް ލިބޭ އާމްދަނީވެސް ބޮޑުތަނުން މަތިވަމުންދާ ކަމަށް ދައްކައިފި އެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދެ ލައްކަ ފަހަނަ އަޅާ ގޮސްފަ އެވެ. މިއާއެކު އާމްދަނީއަށް ވެސް ހެޔޮ ބަދަލު އަންނަމުންދާކަމަށް ދެއްކީ ފިނޭންސް މިނިސްޓްރީން ނެރޭ ދައުލަތުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކުންނެވެ.

ހަފުތާއަކު އެއް ފަހަރު އާއްމުކުރާ މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި މި އަހަރު ލިބުނު އާމްދަނީ ބޮޑުތަނުން މައްޗަށް ޖެހިލާފަ އެވެ. ގްރީން ޓެކުހަކީ ޓޫރިސްޓުންގެ ބޮލަކަށް ނިސްބަތުން ނަގާ އަދަދެކެވެ.   

ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުން ގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި 45.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 37.6 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު އިތުރުވުމެކެވެ.

މި އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ ދެ ބިލިއަން ރުފިޔާ އެވެ. 

ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޓޫރިޒަމް ގީއެސްޓީގެ ގޮތުގައި 244.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު ޓޫރިޒަމް ޖީއެސްޓީއަށް ލިބިފައިވަނީ 227.2 ބިލިއަން ރުފިޔާ އެވެ.  

މިމަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކައިން މައްޗަށް ޖެހިލާފައިވާއިރު، މި މަހު ޓޫރިޒަމަށް 13.6 ޕަސެންޓުގެ ކުރިއެރުމެއްގައި ވަނީ ލިބިފަ އެވެ. މިދިޔަ އަހަރަށްވުރެ ޓޫރިސްޓުން އަންނަ އަދަދު ބޮޑުތަން މިވަގުތު މަތީގައި ހުއިރިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް 233,457 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 205,570 ޓޫރިސްޓުންނާ އަޅާބަލާއިރު 13.6 ޕަސެންޓުގެ ކުރިއެރުމެކެވެ. މި ކުރިއެރުން އައިސްފައިވަނީ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން މަތިވެފައިވުމެވެ. މި މަހުގެ މިދިޔަ ދެ ދުވަހު ރާއްޖެއަށް 18،000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.