އެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000ރ. ހުށަހަޅަން ޖެހެ އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދަން އަލުން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ފަސް އަހަރަށް އެންސްޕާ ހިންގާނެ އޮފީސް އިމާރާތެއް ހޯދާ ކަމަށެވެ. އެކަމަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށް ވެސް ބުންޏެވެ.
ކުރިމަތިލާ ފަރާތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ ދަށުން ކަމަށް ވެެސް އިއުލާނުގައިވެ އެވެ.
އެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000ރ. ހުށަހަޅަން ޖެހެ އެވެ.
އެންސްޕާ ހިންގާނެ އޮފީސް އިމާރާތެއް ހޯދަން އަލުން އިއުލާނު ކުރިއިރު އެ އޮފީސް ހިންގަން ކުރީން ހިފީ ހ. ޝީރީޒީގެ އެވެ. އެ އިމާރާތް ހިފަން ވި އެއްބަސްވުން ވަނީ ބާތިލު ކޮށްފަ އެވެ.