ފަލަސްތީނު ރައްޔިތުންނަށް ޖަޕާނުން ބޭސް ފަރުވާގެ ފުރުސަތު ދެނީ

ޖަޕާނުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކިޔެވުމުގެ ފުރުސަތުތަކެއް ފަހިކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ޖަޕާނުގެ ބޮޑު ވަޒީރު ޝިގޭރޫ އިޝީބު -- އޭއެފްޕީ

އިސްރާއިލްގެ ލާއިންސާނީ ހަމަލާތަކުގައި ގާޒާ އިން ޒަހަމްވެފައިވާ ފަލަސްތީނު ރައްޔިތުންނަށް ޖަޕާނުން ބޭސްފަރުވާ ކޮށްދޭން ނިންމައިފި އެވެ. 

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސިއްހީ ނިޒާމު އޮންނަ ޖަޕާނުގެ ބޮޑު ވަޒީރު ޝިގޭރޫ އިޝީބު ވިދާޅުވެފައިވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ބޭސް ފަރުވާގެ ފުރުސަތު ދޭން އެ ގައުމުން ނިންމާފަ އެވެ. 

ޖަޕާނުގެ ބޮޑު ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ގާޒާގެ ކުދިންނަށް ޖަޕާނުގައި ކިޔެވުމުގެ ފުރުސަތުތަކެއް ވެސް އެ ގައުމުން ދޭން ވަނީ ނިންމާފަ އެވެ. 

އިސްރާއީލުން ވަނީ އޮކްޓޯބަރު 7، 2023 ގައި ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ފެށި ނަސްލު ނައްތާލުމުގެ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެ މީހުންގެ އަދަދު ވަނީ 61،700 އަށް ވުރެ މަތިވެފަ އެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ. އަދި އަނިޔާވި މީހުންގެ އަދަދު 112،000 އަށްވުރެ މަތިވާނެ ކަމަށް ވަނީ ބެލިފަ އެވެ. ހަމާސް އާއި އިސްރާއިލާ ދެމެދުވި އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލައި އަނިޔާވި މީހުންނަށް ފަރުވާދޭން އެހެން ގައުމުތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.