ސަރުކާރުގެ މަސައްކަތާ ހަވާލުވެ މަސައްކަތް ނުނިންމާ ކުންފުނިތައް ބްލެކްލިސްޓް ކުރާނެ އުސޫލެއް ހަދާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރީން ވެސް ވަނީ ވިދާޅުވެފަ އެވެ. އަސްކަމް ވިދާޅުވެފައިވާ ގޮތުން ބްލެކްލިސްޓް ކުރާނެ އެއް ސަބަބަކީ ޓެންޑަރިން ޕްރޮސެސްގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ޕާފޯމް ނުކުރުމެވެ.
ދިވެހި ސަރުކާރުގެ މަސައްކަތްތަކާ ހަވާލުވެ، އެ މަސައްކަތް ނުނިންމާތީ، ދިވެހި ސަރުކާރުގައި ހިންގާ ދިވެހިންގެ މަޝްރޫއުތަކުން "ބްލެކްލިސްޓް" ކުރާ ކުންފުނިތަކުގެ ލިސްޓްގައި އަދަދު އިތުރުވެ ލިސްޓް ދިގުވާން ފަށައިފި އެވެ.
ސަރުކާރުގެ ބްލެކްލިސްޓް ކުންފުނިތަކުގެ ލިސްޓުގައި ކުރިން އޮތީ ހައެއްކަ ކުންފުނީގެ ނަމެވެ. އެހެން ނަމަވެސް މިހާރު އެ ލިސްޓުގައި 17 ކުންފުންޏެއްގެ ނަން ޖަހާފައި އެބައޮތެވެ. އެ ލިސްޓުގައި ތަކުރާރު ނަންތަކުގެ ގޮތުގައި ހިމަނާފަވަނީ ވޯޓާ ޕާކް މޯލްޑިވްސް ކިޔާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ މީގެ ކުރީން ދެ މަޝްރޫއެއް ހަވާލު ކޮށް ދެ މަސައްކަތެއް ނިންމައި ހަވާލު ކޮށްފައި ނެތުމުން ބްލެކް ލިސްޓު ކުރި ކުންފުންޏެވެ.
ފިނޭންސް މިނިސްޓްރީން ކުންފުންޏެއް ބްލެކްލިސްޓުކޮށް ނަން ހާމަ ކުރާއިރު އެ ކުންފުނި ބްލެކްލިސްޓު ކުރި ސަބަބު ވެސް ހާމަ ކުރެެ އެވެ. މިފަހަރުގެ ލިސްޓުން އެންމެ ފާހަގަ ކޮށްލެވޭ ނަމަކީ ޓޮމީ އިންޖިނިއަރިން އާއި ޓީއެންޖީ ކުންފުންޏެވެ. މި ދެ ކުންފުންޏާ ހަވާލުކުރީ ރައީސް އޮފީހަށް ވޭނެއް ހޯދާށެވެ. ނަމަވެސް އެ ކުންފުންޏަށް ޓައިމަށް ޑެލިވާ ކުރެވިފައެއް ނުވެ އެވެ.
އަދި ރާއްޖޭގައި ބޭއްވި ހަތަރު ވަނަ މެރިން ސައިންސް ސިންޕޯޒިއަމް އަށް ކެއިން ބުއިމުގެ ތަކެތި ފޯރުކޮށް ދޭން ހުށަހެޅި ބިޑެއްގައި ފޯޖުކުރި ޑޮކިއުމެންޓްތަކެއް ހުށަހެޅި މައްސަލައެއްގައި ސުޕަ ފުޑް ކުންފުނި ވެސް ހިމެނެ އެވެ.
މަސައްކަތް ނުނިންމާ ކުންފުނިތައް ބްލެކްލިސްޓް ކުރާނެ އުސޫލެއް ހަދާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރީން ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުން ބްލެކް ލިސްޓް ކުރާނެ އެއް ސަބަބަކީ ޓެންޑަރިން ޕްރޮސެސްގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ޕާފޯމް ނުކުރުމެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 6.3 ބިލިއަން ރުފިޔާގެ ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއު ހިންގަމުން ދެއެވެ. އެ މަސައްކަތްތަކުގެ ތެރެއިން ބޮޑެތި މަސައްކަތްތައް ކުރަނީ ރާއްޖޭން ބޭރުގެ ކުންފުނި ތަކުންނެވެ.