މިދިޔަ އަހަރަކީ ރާއްޖެއަށް އެންމެ ގިނަ ފްލައިޓް ޖެއްސި އަހަރު

މިދިޔަ އަހަރު ރާއްޖެއަށް ޖެއްސި ފްލައިޓުގެ އިތުރުވިއިރު މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.

ވީއައިއޭއަށް ޖެޓުތަކެއް ޖައްސާފަ : މިދިޔަ އަހަރު ރެކޯޑް އަދަދަކަށް ފްލައިޓް ޖެއްސި -- ވީއައިއޭ

މިދިޔަ އަހަރަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުގެ ތާރީހުގައި މިހާތަަަނަށް އެންމެ ގިނައިން ފްލައިޓް ޖެއްސި އަހަރެވެ. 

މަރުކަޒީ ބޭންކުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 16,830 ފްލައިޓް ޖައްސާފައިވެ އެވެ. މިއީ ކުރީ އަހަރު ޖެއްސި 15,883 ފްލައިޓާ އަޅާ ކިޔާނަމަ 900 ފްލައިޓް އިތުރުވުމެކެވެ. މިދިޔަ އަހަރު ޝެޑިއުލް ފްލައިޓާއި ޖެޓު މޫވްމެންޓުވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. 

ފްލައިޓް ޖެއްސި އަދަދު

  • ޖުމްލަ ފްލައިޓް - 16,830
  • ޝެޑިއުލް ފްލައިޓް - 15,432
  • ޖެޓުތައް - 1,398

ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ އަށް ޝެޑިއުލް 15,432 ޖައްސާފައިވެ އެވެ. ކުރީ އަހަރު މި އަދަދު އުޅެނީ 14,608 ގަ އެވެ. އަދި އެނޫން ޖެޓްފަދަ ފްލައިޓުގެ އަދަދު އުޅެނީ މިދިޔަަ އަހަރު 1,398 ގަ އެވެ. ނަމަވެސް ކުރި އަހަރު މި އަދަދު ހުރީ 1,275 ގަ އެވެ. ނަމަވެސް މި އަދަދަކީ އޭގެ ކުރީ 2022 ވަނަ އަހަރު އައި 2,138 އާ އަޅާބަލާއިރު ދަށް އަދަދެކެވެ. 

ރާއްޖެ އަށް އަންނަ ބޭރުގެ އެއާލައިން ތަކުން އެންމެ ގިނައިން ރާއްޖެ އަށް ދަތުރުތައް އަބަދުވެސް ކުރަނީ ގަތަރު އެއާވޭސް އާއި އެމިރޭޓްސް އެވެ. 

ރާއްޖެއަށް މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އޭގެ ކުރީ އަހަރު އައީ 1.8 މިލިއަން ޓޫރިސްޓުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.