އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ މާލެ ސަރަހައްދަށް ބަހަން ކަނޑައެޅި ކަދުރު ބަހާ ހުސްވެފައިވާ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރުގެ ތެރެއިން މާލެ ސަރަހައްދަަށް ބަހަން ކަނޑައެޅި އަދަދަށް ކަދުރު ބަހާ ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ސައުދީން ވަނީ މިއަހަރުވެސް 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ރޯދަމަސް ފެށުމުގެ ކުރިން މިކަދުރުތައް ބަހައި ނިންމާނެކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ މާލެ ސަރަހައްދަށް ބަހަން ކަނޑައެޅި ކަދުރު ބަހާ ހުސްވެފައިވާ ކަމަށެވެ.
ރޯދަމަހާއި ދިމާކޮށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރުމަކީ ވަރަށް ކުރީންސުރެން ހިނގަމުން އަންނަ ކަމެކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި މިކަދުރުތައް ބަހަމުންދިޔަ ގޮތާމެދު ތައުރީފުކޮށް ވަރަށް ގިނަ ބަޔަކު ކަދުރު ބަލައިގަންނަމުން ދިޔަނަމަވެސް، ފަހަކަށް އައިސް ކަދުރު ބެހުމުގައި އަމަލުކުރަމުންދާ ގޮތާމެދު މިފަހަކަށް އައިސް އާންމުންގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވާލެއް ބޮޑުކަން ފާހަގަކުރެވެ އެވެ.