ރާއްޖެ އިސްތިހާރު ކުރަން ބޮލީވުޑްގެ ތަރިންނާއެކު ހާއްސަ އިވެންޓެއް

މުންބާއީގައި އޮތް "މޯލްޑިވިއަން ނައިޓް" ގައި 100 އަށް ވުރެ ގިނަ މަޝްހޫރު ސެލެބްރިޓީން އަދި އިންފްލުއެންސަރުން ބައިވެރިވި އެވެ.

ބޮލީވުޑްހެ ފިލްމް ޑައިރެކްޓަރު ފަރާހް ޚާން އާއި މިނޫންވެސް ގިނަ ތަރިންނާއި މަޝްރޫހު ތަރިންނާއެކު ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ބޮޑު އިވެންޓެއް ބާއްވައިފި އެވެ. 

އެމްއެމްޕީއާރުސީ އިން މުންބާއީގެ ފޯސީޒަން ހޮޓެލްގައި ޓޮޕް ސެލެބްރިޓީސް އަދި އިންފުލޫއެންސަރުންނާއެކު ބޭއްވި "މޯލްޑިވިއަން ނައިޓް" ގައި 100 އަށް ވުރެ ގިނަ މަޝްހޫރު ސެލެބްރިޓީން އަދި އިންފްލުއެންސަރުން ބައިވެރިވި އެވެ.

މި ހަރަކާތަކީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން އޯޓީއެމް މުމްބާއީއާ އެކު ސްޓްރެޓެޖިކް ގޮތެއްގައި އިންތިޒާމްކޮށްފައިވާ ހަރަކާތެކެވެ. އަދި މިއީ އިންޑިއާގެ މާކެޓާ ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެ އިން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެކެވެ. ވިޒިޓް މޯލްޑިވްސްއިން ވަނީ 2025 ވަނަ އަހަރު 300،000 އަށްވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެ އަށް ގެނައުމަށް އަމާޒު ހިފާފައެވެ. މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ އަދަދެއްގެ ސްޓްރެޓީޖިކް މާކެޓިންގ މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި ކުރިއަށް ހިނގަމުންދާ ސަމާ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއަރލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއެކު ޕާޓްނާޝިޕްތައް ގާއިމުކުރުން ހިމެނެ އެވެ.

'މޯލްޑިވިއަން ނައިޓް' ގައި އެތައް މަޝްހޫރު ސެލެބްރިޓީންނާއި އިންފްލުއެންސަރުން ގެ ބައިވެރިވުން ފެނިގެންދިޔައެވެ. މީގެ ތެރޭގައި ފަރާހް ޚާން، މޯނީ ރޯއީ، ފަރްދީން ޚާން، ވިހާން ސަމަތް، އަންގަދް ބެދީ، މަންދާނާ ކަރީމީ، ޝްރެޔާ ޕިލްގާއޮންކަރް، ޝަޝާންކް ސަންގާވީ، ރިޗީ ޝާހް، ރުޗީ ސޯނީ، ޝިފާ މާޗަންޓް، ރާހުލް ޖަގްތިއާނީ، ތޯމަސް ޕަސްކަލް، މޮނިޝާ، ބްރިންދާ ޝާހް، ސްޓެފަނީ ޓިމިންސް، ޕަރޭޝް، ސަލްމާން މަރޗަންޓް، އަދި މިނޫންވެސް އެތައް ބައެއް ހިމެނުނެވެ.


މި އިންފްލުއެންސަރުންގެ ޖުމްލަ ސޯޝަލް މީޑިއާގެ ފޯރުން 200 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާ ހަމައަށް އަރައެވެ. މިއީ ވިޒިޓް މޯލްޑިވްސްއަށް އިންޑިއާގައި މި މަންޒިލް ޕްރޮމޯޓްކުރުމަށް ވަރަށް ބާރުގަދަ ޕްލެޓްފޯމްއެއް ލިބިގެންދިޔަ ހަރަކާތެކެވެ. މީގެ އިތުރުން، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ޕްރޮމޯޝަނަލް ކެމްޕޭނެއްގެ ބައެއްގެ ގޮތުގަ މި އިންފްލުއެންސަރުންގެ ތެރެއިން ގިނަ ބަޔަކު ކުރިއަށް އޮތް މަސްތަކުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.