ބިއޯންސޭ އަށް މި ފަަހަރުގެ ގްރެމީ ހާއްސަވީ ކީއްވެ؟

ބިއޯންސޭއަށް މީގެ ކުރިން 35 ފަހަރެއްގެ މަތިން ގްރެމި ލިބިފައިވެ އެވެ. އެކަަމަކު މިފަހަރު ލިބުނު އެވޯޑް އޭނާއަށް ހުރިހާ ގޮތަކުންވެސް ހާއްސަ އެވެ.

ބިއޯންސޭ މިފަހަރު ލިބުނު ގްރެމީ އެވޯޑާއެކު -- އޭއެފްޕީ

މިއުޒިކީ ދުނިޔޭގެ "އޮސްކާ" އަކީ ގްރެމީ އެވޯޑެވެ. ކޮންމެ މިއުޒިކީ ފަންނާނެއްގެ ވެސް ހުވަފެނަކީމި އެވެ. އެކަމަކު އުމުރުން 47، އަހަރުގެ ކަޅު ނަސްލުގެ އަންހެން ލަވަކިޔުންތެރިނާ ބިއޯންސޭއަށް ގްރެމީގެ ހާއްސަކަން ރޭ ވަކިން ބޮޑެވެ. ސަބަބުތައް ގިނަ އެވެ. އެއް ސަބަބަކީ އޭނާގެ އެންމެފަހުގެ މިއުޒިކް އަލްބަމް ކައުބޯއީ ކާޓާއަށް ލިބިގެން ދިޔަ ވަނައަކީ ކަޅު ނަސްލުގެ ރީތި ހުސްކުރި ތަރިއަށް ލިބިގެން ދިޔަ ޝަރަފަކަށްވުމެވެ. 

ފެޝަނާއި އާޓިސްޓުންގެ ހުނަރާއި ތަރިންގެ ތުއި ދެއްކުމުން ފުރިގެން އެމެރިކާގެ ލޮސްއެޖަލިސްގައި ބޭއްވި 67 ވަނަ ގްރެމީ ހަފުލާގައި ބިއޯންސޭގެ ކައުބޯއީ ކާޓާއަށް ލިބިފައިވަނީ އަހަރުގެ އެންމެ މޮޅު އަލްބަމްގެ އެވޯޑެވެ. މި އެވޯޑުގެ ނޮމިނީސްތައް އިއުލާނު ކުރަމުން ދިޔައިރު ލޯބޮޑުވެފައި އޭނާ ކޮޅަށް ތެދުވެ ހުރީ ނޭވާ ހުއްޓާލައިގެންނެވެ. 

ނަންތައް ގޮވަމުން ދިޔައިރު ބިޔޯންސޭ އޭނާގެ އަންހެން ދަރިފުޅު ބްލޫ އައިވީ އާއި އޭނާގެ ފިރިމީހާ ޖޭ-ޒޭޑް ގައި ބައްދާލުމުގެ ކުރިން ރަން ޕެއިސްލީ ހެދުމެއްގައި ސްޓޭޖަށް ހިނގައިގަނެ ތަށި ބަލައިގަތެވެ.

"މިއީ އަހަރެންނަށް ވަރަށް ބޮޑު ޝަރަފެއް. މި ދުވަހަށް އެތައް އިންތިޒާރެއް ކުރެވިއްޖެ،" މައިކް ކައިރީ ހުއްޓިހުރެ ބިއޯންސޭ ބުންޏެވެ. 

މިއުޒިކީ ދުނިޔޭގެ އަލިގަދަ މި ތަރި ގްރެމީއަށް ނޮމިނޭޓްވީ މީގެ 25 އަހަރު ކުރިންނެވެ. އެފަހަރު ނޮމިނޭޓްވީ އާރް އެންޑް ބީ ގްރޫޕް ޑެސްޓިނީސް ޗައިލްޑްގައި އުޅުނު އިރު އެވެ. އޭގެފަހުން އޭނާ ކުރިއަށް ދިޔައީ ގްރެމީގެ ތާރީހުގައި އެންމެ ގިނަ އެވޯޑް ލިބުނު ފަންނާނުގެ ގޮތުގައި މިހާތަނަށް 35 ފަހަރު ގްރެމީ ލިބިފައިވެ އެވެ. އެކަމަކު ހުކުރު ދުވަހުގެ ރޭ ލިބުނު އެވޯޑް އޭނާއަށް ހާއްސަކަން ބޮޑެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.