އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގަ އުމުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިން އަތުން ނަގާ ޑިއުޓީ މަތި ކުރުމާއެކު މިއަދު ވަނީ އިންޑިއާ ރުފިޔާގެ އަގު ފުރަތަމަ ފަހަރަށް ހޯމަ ދުވަހު އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު 87ރ. އަށް ދަށްވެފަ އެވެ.
އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކާއެކު އޭޝިއާގެ ބާޒާރަށް ލޮޅުން އަރައި އިންޑިއާ ރުފިޔާގެ އަގު އަނެއްކާވެސް ދަށަށް ވެއްޓިއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގަ އުމުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިން އަތުން ނަގާ ޑިއުޓީ މަތި ކުރުމާއެކު މިއަދު ވަނީ އިންޑިއާ ރުފިޔާގެ އަގު ފުރަތަމަ ފަހަރަށް ހޯމަ ދުވަހު އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު 87ރ. އަށް ދަށްވެފަ އެވެ. މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާ ރުޕީސްގެ އަގު ވަނީ 0.5 ޕަސެންޓް ދަށްވެ، 87.07 އަށް މަތިވެފަ އެވެ.
ރައީސް ޓްރަމްޕް ވަނީ ކެނެޑާ އިން އެމެރިކާއަށް ގަވައިދާ ހިލާފަށް އެތެރެވެފައި ތިބި ހިޖުރަވެރިންގެ މައްސަލާ އާއި އެމެރިކާގެ ވިޔަފާރީގެ މަސްތަހަތު ހިމާޔަތް ކުރުމަށް ކަމަށްބުނެ ކެނެޑާ އާއި ޗައިނާ އަދި މެކްސިކޯއިން އެ ގައުމަށް އެތެރެކުރާ އުފެއްދުންތަކުން ޑިއުޓީ ނަގަން ފަށާފަ އެވެ. މިއާއެކު މި ގައުމުތަކާއި އެމެރިކާއާ ދެމެދު ވަނީ ވިޔަފާރީގެ "ހަނގުރާމަ" އެއް ފެށިފަ އެވެ.
އެމެރިކާ އިން ވަނީ ކެނެޑާއިން އެ ގައުމަށް އެތެރެކުރާ އުފެއްދުންތަކުން 25 ޕަސެންޓުގެ ޑިއުޓީ ބޮޑު ކުރަން ނިންމާފަ އެވެ. އަދި ޗައިނާގެ ބައެއް އުފެއްދުންތަކުން ވަނީ 10 ޕަސެންޓުގެ ޑިއުޓީއެއް ޖައްސާފަ އެވެ.
އެމެރިކާގެ މި ބޯހަރު ފިޔަވަޅުގެ ސަބަބުން ކެނެޑާއިން ވަނީ ރައްދުގައި ޑިއުޓީ ބޮޑުކޮށްފަ އެވެ. އެ ގައުމުގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އެމެރިކާގެ އުފެއްދުންތަކުން 25 ޕަސެންޓުގެ ޑިއުޓީ ބޮޑުކޮށް އެމެރިކާގެ 155 ބިލިއަން ޑޮލަރުގެ އަގުހުރި މުދަލުން ޑިއުޓީ ބޮޑު ކުރަން ވަނީ ނިންމާފަ އެވެ.
މިގޮތުން ބުރާސްފަތި ދުވަހުން ފެށިގެން އެ ގައުމަށް އެތެރެކުރާ އެމެރިކާ 30 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ބޮޑުވާނެ އެވެ. އަދި ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި އެތެރެކުރާ 125 ބިލިއަން ޑޮލަރުގެ އަގުހުރި މުދަލުން ޑިއުޓީ އުފުލާލާނެ އެވެ.