ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސިކްސް ސެންސަސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރު (ޖީއެމް) މާޓިން ވޭން ވެލް އަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އޭނާއަށް ބަޔަކު ހަމަލާދީފައި ވަނީ އިއްޔެ ސިކްސް ސެންސަސް ރިސޯޓުގައި ބައިސްކަލެއްގައި ދުއްވާފައި ދަނިކޮށް ކަމަށެވެ. ފަހަތުން މީހަކު އައިސް އޭނާގެ ބޮލުގައި ޖެހުމަށްފަހު ވަނީ މާރާމާރީ ހިންގަ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މާޓިންއަށް ހަމަލާ ދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެއީ އެތަނުގައި މަސައްކަތް ކުރާ ސްޓާފުންތަކެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.