އެމްޕީއެލްގެ އެމްޑީގެ މަގާމުން ވަޖީހު ވަކިކުރައްވައިފި

ވަޖީހު މަގާމު މި ވަކިކުރެެއްވީ ސަރުކާރުގެ ބައެއް އިސް ބޭފުޅުން މަގާމުތަކުން ވަކިކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް

‏މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ދަފްތަރު ނަންބަރު ރސ 4589، މުހައްމަދު ވަޖީހު އިބްރާހީމް، މިއަދު ވަކި ކުރައްވައިފި އެވެ.

ޕީސީބީން ދެންމެ ވަނީ އެކަން އިއުލާނު ކޮށްފަ އެވެ. ޕީސީބީން  ބުނީ ‏މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ދަފްތަރު ނަންބަރު ރސ 4589، މުހައްމަދު ވަޖީހު އިބްރާހީމް، މިއަދު ވަކި ކުރައްވައިފި ކަމަށެވެ.

ވަޖީހު މަގާމުން މި ވަކިކުރެެއްވީ ސަރުކާރުގެ ބައެއް އިސް ބޭފުޅުން މަގާމުތަކުން ވަކިކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މަގާމުތަކުން ވަކި ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ގާތްގުޅުން އޮންނަ ބޭފުޅުންނެވެ.

އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ ޓޫރިޒަމްގެ މަގާމުން ވަކި ކުރައްވާފަ އެވެ.

ވަޖީހު މަގާމަށް އައްޔަނު ކުރެއްވީ ނޮވެންބަރު 29، 2023 ގަ އެވެ. ވަޖީހަކީ 2013 އިން 2022 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެމްޕީއެލްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ، މި މުއްދަތުގެ ތެރޭގައި އެސިސްޓެންޓް ސީއީއޯގެ މަގާމާއި ޖެނެރަލް މެނޭޖަރުގެ އިތުރުން އެސިސްޓެންޓް ޗެއާމަންގެ މަގާމު އަދާ ކުރައްވާފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.