މި ޕްރޮމީޝަންގައި 300 ރުފިޔާ އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރި އަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ބީއެމްއެލް އިން ރެޑްވޭވްއާ ގުޅިގެން ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލް ން ބުނީ ގައުމީ ބޭންކް އާއި ރެޑްވޭވް ގުޅިގެން ފެށި "ރަން ފުރުސަތު" ޕްރޮމޯޝަންގައި ރެޑްވޭވް ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ފެބުރުވަރީ މަހު ބީއެމްއެލް ކާޑުން ރެޑްވޭވް އިން ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗަރއެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެކެއް މާރިޗު އިން ފެށިގެން ހަތެއް އޭޕްރީލް ގެ ނިޔަލަށް ރެޑްވޭވް އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000ރުފިޔާ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މި ޕްރޮމީޝަންގައި 300 ރުފިޔާ އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރި އަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.