އިންޑިއާގެ މެދުފަންތީ އާބާދީ މާލީ ގޮތުން ބާރުވެރި ކުރުވަން ޓެކުހުގެ ލުޔާއެކު ބޮޑު ބަދަލެއް

އަންނަ އަހަރުގެ ބަޖެޓުގައި ފްރީލާންސް މަސައްކަތްތެރިންނަށް ހެލްތް އިންޝުއަރެންސް ސްކީމު ދޭންވެސް ވަނީ ނިންމާފަ އެވެ.

އިންޑިއާގެ ފްރީލާންސް މަސައްކަތްތެރިންގެ ގޮތުގައި އުޅޭ ޑެލިވަރީ މުވައްޒަފުން -- އޭއެފްޕީ

އިންޑިއާ އިން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ފާސްކުރި ބަޖެޓުގައި އެންމެ އިސްކަމެއް ދީފައިވަނީ މެދުފަންތީގެ އާމްދަނީއެއް ލިބޭ މީހުން މާލީ ބާރުވެރި ކުރުވުމަށެވެ. މިގޮތުން ގެންނަ އެންމެ މުހިންމު އެއް ބަދަލަކީ މެދުފަންތީގެ މީހުން ދައްކަން ޖެހޭ އިންކަމް ޓެކްސް މައާފު ކުރުމެވެ. 

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ތިންވަނަ ދައުރުގައި މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އެ ގައުމުގެ ފިނޭންސް މިނިސްޓަރު ނިރްމާލާ ތިސާރާމަން އިއްޔެ ހުށަހެޅުއްވި ބަޖެޓުގައި އެ ގައުމުގެ ފުޅާވެ އިތުރުވަމުންދާ މެދުފަންތީގެ އާމްދަނީ ލިބޭ މީހުންގެ މާލީ ފުދުންތެރިކަން އިތުރުކޮށް މާލީ ގޮތުން ބާރުވެރި ކުރުވަން ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފަ އެވެ. 

އިންކަމް ޓެކްސް ފްރީ ކުރާނެ

މިގޮތުން މެދުފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ޓެކުހުގެ ލުއިތަކެއް ދޭން ވެސް ވަނީ ނިންމާފަ އެވެ. އަހަރެއްގެ މައްޗަށް 12 މިލިއަން ރުޕީސްގެ އާމްދަނީއެއް އަހަރެއްގެ މައްޗަށް ލިބޭ މީހުންނަށް އިންކަމް ޓެކްސް މައާފުވާނެ އެވެ.  މި ބަަދަލާއެކު ގޭބިސީ އަކުން 700،000 އިންޑިއަން ރުޕީސްގެ ޓެކުސް މައާފު ވެގެންދާނެ އެވެ. މި ބަދަލާއެކު އެ ގައުމުގެ މެދުފަންތީގެ މީހަކު އަހަރެއްގެ މައްޗަށް 1.28 މިލިއަން އިންޑިއާ ރުފިޔާ (14،800 ޑޮލަރު) ގެ ޓެކުސް މައާފު ވެގެންދާނެ އެވެ. 

ފިނޭންސް މިނިސްޓަރު ނިރްމާލާ ވިދާޅުވީ މީގެ މަގުސަދަކީ އާއްމު މީހާގެ އަތްމަތީގެ ގިނަ ފައިސާ ހިފެހެއްޓޭނެ ގޮތެއް ހެދުމާއި އެމީހުންގެ އާމްދަނީ މައްޗަށް ޖައްސަން ފުރުސަތު ފަހި ކުރުމެވެ. 

ފްރީލާންސް މަސައްކަތްތެރިނަަށް އިސްކަން

ދުނިޔޭގެ އެންމެ ހަފުވިކަމާއެކު ކުރިއަރަމުންދާ އެއް އިގްތިސޯދު ކަމަށްވާ އިންޑިއާގެ ބަޖެޓުގައި ފާހަގަ ކުރެވޭ އަނެއް ކަމަކީ އެ ގައުމުގެ ފްރީލާންސް މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރު ކުރަން ގެންނަ ބަދަލެވެ. ޒުވާން ޖީލުގެ ވަޒީފާގެ ވައްޓަފާޅިއަށް އަންނަ ބަދަލަށް ބަލައި ގެންނަ މި ބަދަލާއެކު އެ ގައުމުގެ ފްރީލާންސް މަސައްކަތްތެރިންނަށް ސަރުކާރު ގަބޫލުކުރާ އައިޑީ ކާޑެއް ދޭނެ އެވެ. އަދި ހެލްތް އިންޝުއަރެންސް ހަމަޖައްސައިދޭނެ އެވެ. އަދި ވެލްފެއާ ސްކީމްތައް ތައާރަފު ކުރާނެ އެވެ. އިންޑިއާގައި ފްރީލާންސް މަސައްކަތްތެރިންގެ އަދަދު 50 މިލިއަނަށް އަރަ އެވެ. މި މީހުންނަކީ އަހަރެއްގެ މައްޗަށް 18،000 އިންޑިއަން ރުޕީސްގެ އާމްދަނީއެއް ހޯދާ ބައެކެވެ. މި މަސައްކަތްތެރިންގެ 71 ޕަސެންޓަކީ ޒުވާނުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.