ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހަސަން ނަޒީހް ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ގ. ޖޫތީގެ، ހަސަން ނަޒީހެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އޮޕަރޭޝަންގެ މައުލޫމާތު ދެމުން ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހަސަން ނަޒީހް ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަން ކިލޯއަކަށްވުރެ ގިނަ އެވެ.
"މި މައްސަލައާ ގުޅިގެން ހަސަން ނަޒީހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުުކުރުމަށް އަމުރުކޮށްފައިވޭ،" ފުލުހުން އިތުރަށް މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.