އެ ކޮތަޅު ބެލިއިރު، މޯބައިލް ފޯނުތަކަކާއި، ހެޑް ފޯނަކާއި، އެހެން މީހެއްގެ ބީއެމްއެލް ކާޑަކާއި ފައިސާ ފެނިފައިވެ އެވެ. އަދި ސުޕަ ގުލޫ ފުޅިތަކަކާއި، އޭނާގެ ޖީބުން މީހެއްގެ ވޮލެޓަކާއި އިތުރު ދެ ފޯނު ފެނިފައިވެ އެވެ.
ވައްކަން ކޮށްގެން ދަނިކޮށް ފުލުހުން ހިފެހެއްޓި މީހެއްގެ އަތުން ގިނަ އަދަދެއްގެ ސާމާނު ހޯދައިފި އެވެ.
ވައްކަން ކުރުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ހދ. ކުޅުއްދުއްފުށީ އާދަމް މުހައްމަދެވެ.
އޭނާ ވަނީ ޝަހީދު އަލީ ހިނގުމުގައި ހުންނަ އޭއެސް ޓްރޭޑާސް ފިހާރައިގެ ސީލިންގު ފަޅާލައިގެން ވަދެ، އަގު ބޮޑެތި ސާމާނުތަކެއް ވަގަށް ނަގާފަ އެވެ. ފުލުހުން ވަނީ ވަގަށް ނަގާފައިވާ ތަކެތި އޭނާގެ އަތުން ހޯދައިފަ އެވެ.
އާދަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުން އެނގޭ ގޮތުގައި، ފުލުހުންނަށް އޭނާ ފެނުނުއިރު އޭނާގެ އަތުގައި ދެ ކޮތަޅު އޮތެވެ. ނަމަވެސް ފުލުހުން ފެނުމުން އެއް ކޮތަޅު ކައިރީ ހުރި ޕިކަޕެއް ދަށަށްލައި ފޮރުވަން މަސައްކަތް ކުރީ އެވެ.
ފުލުހުން ސުވާލު ކުރުމުން އެއީ އޭނާ ކުރިން މާރުކޭޓު ކައިރީ ބަހައްޓާފައި ހުރި އެއްޗެއް ކަމަށާއި، ޕިކަޕު ކައިރީ އެއްޗެއް ނުބަހައްޓާ ކަމަށް ބުނެ ދޮގު ހަދާފައިވެ އެވެ.
އެ ކޮތަޅު ބެލިއިރު، މޯބައިލް ފޯނުތަކަކާއި، ހެޑް ފޯނަކާއި، އެހެން މީހެއްގެ ބީއެމްއެލް ކާޑަކާއި ފައިސާ ފެނިފައިވެ އެވެ. އަދި ސުޕަ ގުލޫ ފުޅިތަކަކާއި، އޭނާގެ ޖީބުން މީހެއްގެ ވޮލެޓަކާއި އިތުރު ދެ ފޯނު ފެނިފައިވެ އެވެ.
ކޯޓުގައި ފުލުހުން ބުނެފައި ވަނީ އެވަގުތު އޭނާގެ ޖީބުން އެއްޗެހިތަކެއް އުކާލުމުން ބެލިއިރު އެއީ ކަށިގަނޑުތަކަކާއި ރެންޗެކެވެ.
މި ތަކެއްޗަކީ އެ ފިހާރައިން ނަގާފައިވާ ތަކެތިކަން ކަށަވަރު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން، އޭނާ އަކީ ވައްކަމުގެ ގިނަ މައްސަލަތަކުގެ ރެކޯޑު އޮންން މީހެކެވެ. މީގެ ކުރިން 48 ފަހަރު ހައްޔަރުކޮށް، 28 ފަހަރު ވަނީ ބަންދުކޮށްފަ އެވެ.
މި މައްސަލައިގައި 15 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.