އިންޑިއާއިން ރާއްޖެއަށް ދޭ އެހީ އިތުރު ކުރަން ނިންމައިފި

އަންނަ އަަހަރަށް ލަފާކޮށް މިއަދު ހުށަހެޅި ބަޖެޓުގައިވާ ގޮތުން މި އަހަރު އިންޑިއާއިން ރާއްޖެއަށް 70 މިލިއަން ޑޮލަރު އެހީ އާއި ލޯނު ހިމެނޭހެން ދޭނެ އެވެ. މިއީ މި ސަރަހައްދުން ބޫޓާން ނަގާފައި އެންމެ ބޮޑު މާލީ އެހީތެރިކަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- އޭއެފްޕީ

ކުރިއަށް އޮތް ދެ އަހަރު އިންޑިއާގެ އެހީ އިތުރު ކުރަން ނިންމިއިރު، މި ލިސްޓުގެ އެންމެ ކުރިއަށް ރާއްޖެ ލައިފި އެވެ. 

ދުނިޔޭގެ ފަސް ވަނަ އިގްތިސޯދު އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިގްތިސޯދު ކަމަށްވާ އިންޑިއާ އިން މި އަހަރު ރާއްޖެ ހިމެނޭހެން ދެ ބިލިއަން ޑޮލަރުގެ އެހީ އާއި ލޯނު ހިމެނޭހެން ދޭން ވަނީ ކަނޑައަޅާފަ އެވެ. މިގޮތުން ރާއްޖެއަށް ދޭ އެހީ ލޯނާއި އެހީ ހިމެނޭހެން 600 ކްރޯޑް ނުވަތަ 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ) ގެ ރުފިޔާގެ އެހީ ދޭނެ އެވެ.  

އިންޑިއާގެ މާލީ ވަޒީރު ނިރްމާލާ ސިތަރަމަން މިއަދު ހުށަހެޅުއްވި 2026-2025 ގެ ޔޫނިއަން ބަޖެޓުގައި ރާއްޖެ އަށް މި އަހަރާއި އަންނަ އަހަރު އެހީގެ ގޮތުގައި ރާއްޖެއަށް 600 ކްރޯޑް ނުވަތަ ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު ދިވެހި ރުފިޔާއިން ނަމަ އެއް ބިލިއަން ކަނޑައެޅިއިރު މިއީ މިދިޔަ ދެ އަހަރުތެރޭގައި ރާއްޖޭގެ އެހީ އިތުރު ކުރި ފުރަަތަމަ ފަހަރެވެ. އަދި މިއީ 2023 ގެ ފަހުން ރާއްޖެެއަށްދޭ އެހީ އިތުރު ކުރި ފުރަތަމަ ފަހަރެވެ. 

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު އިންޑިއާއިން ރާއްޖެއަށް 800 ކްރޯ ނުވަތަ ގާތްގަނޑަކަށް 95 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ދޭން ކަނޑައެޅި އެވެ. ނަމަވެސް ފަހުން ރިވައިސްކޮށް ވަނީ 400 ކްރޯ ނުވަތަ 50 މިލިއަން ޑޮލަރަށް ދަށްކޮށްފަ އެވެ. އަދި މިއީ އޭގެފަހުން ރާއްޖެ އަށް ދޭ އެހީ އިތުރު ކުރި ފުރަތަމަ ފަހަރެވެ. 

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން މި ސަރަހައްދުން އެންމެ ބޮޑު މާލީ އެހީތެރިކަމެއް ދޭނީ ބޫޓާން އަށެވެ. މީގެ އިތުރުން ސްރީލަންކާއަށްވެސް މާލީ އެހީދޭނެ އެވެ. 

އިންޑިއާއިން ރާއްޖެއަށް ދޭ އެހީ އިތުރު ކުރަން ނިންމިއިރު، ޗައިނާ އާއި ރާއްޖެއާ ދެމެދު ހެދި ފްރީޓްރޭޑުގެ ސަބަބުން އިންޑިއާ ސަރުކާރުގެ އިސްވެރިންގެ މެދުގައި ވަނީ ނުތަނަސްވަސްކަން އުފެދިފަ އެވެ. ނަމަވެސް ސަރުކާރުން ދަނީ އިންޑިއާއެކު ވެސް ކަރަންސީ ސެޓެލްމަންޓް އެރޭންޖުމަންޓަކަށްދާން މަޝްވަރާ ކުރަމުންނެވެ. އަދި އިންޑިއާއާ ގުޅުން ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިސްކަން ދެއްވާކަން ދަނީ ހާމަކުރަމުންނެވެ. އަދި ރާއްޖެއަށް ފައިދާހުރި ކަންތައް ކޮށްދޭ ގައުމުތަކާ ގާތް ގުޅުމެއް ބާއްވާނެކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.