ރައީސްގެ ސިޔާސަތަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަންދީ ހިމާޔަތްކުރުން، އެކަން ފެނިއްޖެ

އަދި ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތި ފުރުސަތު ދިނުމުން ހާމަވީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ފުރުސަތު ދީ ގަދަރުކުރާ މިންވަރު ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު--

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީ އެ ހައްގު ހިމާޔަތްކުރުން ކަމަށް ސަރުކާރުން ބުނެފި އެވެ. 

ސަރުކާރުން މިހެން ބުނީ ފުނޑިއްޖެ، ފުދިއްޖެ" ނަމުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިރޭ ބޭއްވި ހިނގާލުމަށް ފުރުސަތު ދީފައި ވަނިކޮށެވެ.

އެމްޑީޕީން މިރޭގެ ހިނގާލުން ބޭއްވީ ވަރަށް ދުރާލާ ރާވައިގެންނެވެ. ހިނގާލުމަށް ރަށްރަށުން ވެސް މީހުން އައެވެ.

ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަން ނަގާލާ ހިޔާލުފާޅު ކުރުމުގެ ހައްގު ހިފަހައްޓާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ވެރިރަަށުގައި އޮތް ހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި އެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި އޮތް ހިނގާލުމުގައި އިސްކޮށް ތިއްބެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

މީގެ އިތުރުން އެ ޕާޓީގެ އިސްވެރީންނާއި މަޖިލީސް މެންބަރުންނާއި ވަރަށް ގިނަ އަދަދެެއްގެ އާންމުން ބައިވެރިވެ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދިޔަ އެވެ. 

އެމްޑީޕީން މިރޭ ބޭއްވި ބޮޑު ހިނގާލުން

މިރޭގެ ހިނގާލުމަށް ފުލުހުން ދިޔައީ ސެކިއުރިޓީ ވެސް ދެމުންނެވެ.

ހިނގާލުން ނިންމުމާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީ އެ ހައްގު ހިމާޔަތްކުރުން ކަމަށެވެ. އަދި ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތި ފުރުސަތު ދިނުމުން ހާމަވީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ފުރުސަތު ދީ ގަދަރުކުރާ މިންވަރު ކަމަށެވެ.

ރާއްޖޭގެ ގާނޫނުތައް މިވަގުތު އޮތްގޮތުން އެއްވެވެނީ ކަނޑައަޅާފައިވާ ވަކި ތަންތަނަށެވެ. އެ ގާނޫނަށް އިިދިކޮޅުގައި ތިބެ އެމްޑީޕީން ވަރަށް ފާޑުކިޔެވެ. ނަމަވެސް ވެރިކަން ލިބުމުން ގާނޫނު ބަދަލު ކުރަން ބޭނުމެއް ނުވި އެވެ. ފަސް އަހަރު ދުއްވާލީ ބަހަނާ ދެއްކުމުގަ އެވެ. އަލުން އިދިކޮޅު ޕާޓީއަކަށް ވުމުން މިހާރު ވަކާލާތު ކުރަނީ އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމަަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.