މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަޝްރޫއާ އެކު 190 ހެކްޓަރުގެ ނިން އައްޑު އަށް އިތުރުކޮށްފައިވެ އެވެ.
އައްޑޫ ސިޓީގެ ހަންކެޑެ އާއި އެހެން ރަަށްތައް ގުޅާލަން ހެދި ބްރިޖް އަންނަ ހޮނިހިރު އާންމުންނަށް ހުޅުވާލައި ބޭނުން ކުރަން ފަށާނެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އައްޑޫ ސިޓީ ހަންކެޑެ ޑީޓުއަރ ލިންކް ރޯޑް, 1 ފެބުރުވަރީ 2025 ވާ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލާނެއެވެ. މި މަޝްރޫއަކީ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ނިންމާފައިވާ މަޝްރޫއެކެވެ. މި މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.
މި ބްރިޖުގެ މަަސައްކަތް ކުރަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެފްކޮންސް އިންނެވެ. މި މަސައްކަތް ފެށީ ފެބްރުއަރީ 21، 2021 ގަ އެވެ. އައްޑޫ ގޮނޑުދޮށް ހިމާޔަތްކޮށް ބިން ހިއްކުމަށް އިންޑިއާގެ ވެންއޫޑު އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މާޗު 27، 2022 ގަ އެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަޝްރޫއާ އެކު 190 ހެކްޓަރުގެ ނިން އައްޑު އަށް އިތުރުކޮށްފައިވެ އެވެ. މިގޮތުން ހިތަދު އަށް 80 ހެކްޓަރާއި މަރަދު އާއި މަރަދޫފޭދު އަށް އިތުރުކުރި 76 ހެކްޓަރުގެ ބިމާއި ހަންކެޑެ އަށް އިތުރު ހަތަރު ހެކްޓަރު ބިން ވަނީ އިތުރުކޮށްފަ އެވެ.