އުލިގަމު ޔޮޓް މެރީނާގެ މަސައްކަތް ހަ މަސް ތެރޭ ފަށަނީ

"ސަރުކާރުން ބޭނުންވަނީ މިރަށުގަ ހާއްސަ އިގްތިސޯދީ މަސައްކަތަށް ދާއިމީ ގޮތެއްގަ ފުޅާވެގެންދާ ގޮތަށް މެރީނާ ކަންތައް ގެންގޮސްދިނުމަށް. އެހެންވީމަ އެކަން އެގޮތަށް ގެންދިއުމަށް މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ފާހަގަކޮށްލަން،"

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސްވެރިން މިއަދު އުލިގަމު ކައުންސިލާ ބައްދަލުކުރައްވަނީ --

ރާއްޖޭގެ އެންމެ ގިނަ ޔޮޓް ފަހަރު ބަނދަރު ކުރާ ހއ. އުލިގަމުގައި ޔޮޓު މެރީނާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަ މަސް ތެރޭގައި ފެށޭނެ ކަމަށް އެމްޕީއެލް ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމާއި ހަވާލާދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އުލިގަމަށް ވަޑައިގެން މިއަދު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޔޮޓް މެރީނާއަކީ އެރަށުގެ އިގްތިސޯދަށް ވަރަށް މުހިންމު ތަނަކަށް ވެގެން ދާނެ ކަމަށެވެ.

އެމްޕީއެލްއާއެކު ހަދާފައިވާ އެމްއޯޔޫގެ ދަށުން ފައިނޭންސިން ވެސް ހަމަޖެހިގެން އެ މަސައްކަތް ފަށައިގަނެ، ވަރަށް ފުރިހަމައަށް ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން ބޭނުންވަނީ މިރަށުގަ ހާއްސަ އިގްތިސޯދީ މަސައްކަތަށް ދާއިމީ ގޮތެއްގަ ފުޅާވެގެންދާ ގޮތަށް މެރީނާ ކަންތައް ގެންގޮސްދިނުމަށް. އެހެންވީމަ އެކަން އެގޮތަށް ގެންދިއުމަށް މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ފާހަގަކޮށްލަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ސަރުކާރުގެ އިސްވެރިން މިއަދު އުލިގަމު ކައުންސިލާ ބައްދަލުކުރައްވައި މި މަޝްރޫއާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާފައިވާކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމް ކުރަނީ މުހިންމު ގިނަ ވަސީލަތްތަކަކާ އެކީގަ އެވެ.

  • ޔޮޓް މެރީނާ (ކޮމްޕަލްސަރީ ކޮމްޕޮނެންޓް)
  • ކްރޫޒް ޓާމިނަލް
  • އުޅަނދު ބަނދަރުކުރުމުގެ ވަސީލަތް
  • އުލިގަން ބަނދަރު ފެސިލިޓީ (އައިއެސްޕީއެސް ގޭޓް)
  • ސިޓީ ހޮޓެލް
  • ކެފޭތަކާއި ރެސްޓޯރެންޓްތައް

އުލިގަން މެރީނާ މަޝްރޫއަކީ ޗުއްޓީ ހޭދަކުރާ މީހުންނާއި ދުނިޔޭގެ ވިޔަފާރިއަށް އެންމެ ބިޒީ އެއް ކަނޑުގެ މަގު ކައިރީގައި ސްޓްރެޓެޖިކް ގޮތެއްގައި ރާއްޖޭގެ އުތުރު ކޮޅުގައި މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހިމެނޭ ގޮތަށް ޕްލޭން ކުރާ ތަނެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ މި ހިދުމަތް ޒަމާނީކޮށް ފުރިހަމަ ކުރުމެވެ.

އެމްޕީއެލް އިން ވަނީ މި މަޝްރޫއު ފެށުމުގެ ގޮތުން އުލިގަމް ކައުންސިލުން ބިން ހޯދާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.