ކަރަންޓު ލޯޑު ހިފައްޓަން ސްޓެލްކޯ އިން ގެންނަ ޖަނަރޭޓަރުތައް ރާއްޖެއަށް

ސްޓެލްކޯއިން 13 ޖަނަރޭޓަރު ގެންނަން ވަނީ ނިންމާފަ އެވެ. މި ވަގުތު ހުޅުމާލެ އަށް ފަސް ޖަނަރޭޓަރެއް ވަނީ ބާލާފަ އެވެ. އެ ކުންފުނިން ބުނީ ބިން ހަަމަޖެހުނުހާ އަވަހަކަށް އިންސްޓޯލް ކުރަން ފަށާނެ ކަމަށެވެ.

ސްޓެލްކޯ އިން ގެނެސްފައިވާ ޖަނަރޭޓަރުތައް ހުޅުމާލެ އިންޖީނުގެ ކައިރީ މަގު މަތީގައި ބަހައްޓާފަ

ކޮންމެ އަހަރެއްގެ ރޯދަމަހު ވެސް މާލެ ސަރަހައްދުގައި ކަރަންޓުގެ ލޯޑު އިންތިހާ އަށް މަތި ވެގެންދެ އެވެ. މިދިޔަ ފަސް އަހަރު ގްރޭޓާ މާލެ ސަރަހައްދުގެ ކަރަންޓުގެ ލޯޑު ހިފައްޓަން ބޭނުންވާ ކެޕޭސިޓީ ގާއިމް ނުކުރެވުނު ނަތީޖާއަކީ ސްޓެލްކޯ އަށް  ޖެންސެޓް ތަކެއް ގެންނަން މި އަހަރު މަޖުބޫރުވުމެވެ. 

އެ ކުންފުނިން ވަނީ މީގެ ފަސް މަސް ކުރިން އެ ކުންފުނިން ވަނީ އިތުރު 13 ޖެންސެޓް  ގެނައުމުގެ މަސައްކަތް ފަށާފަ އެވެ. މިގޮތުން ގެންނަ ޖަނަރޭޓަރުތަކުގެ ބައެއް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. 

މިރާ އަށް ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ފަސް ޖެނެރޭޓަރު މިހާރު މާލެ ގެނެސް ބާލާފައިވާއިރު އައިސްފައިވާއިރު ބައެއް ތަކެތި އައުމުގެ މަގުމަތީގައި ކަނޑުމަތީގައި ހުރިއިރު ޕޯޓުގައި ހުރި ޖެނެރޭޓަރުތައް  ބޭލުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. 

ފަހުމީ ވިދާޅުވީ މި ޖެންސެޓްތަކުގެ ބޭނުން ކަރަންޓު ލޯޑު ހިފައްޓަން ރޯދަމަހު ހިފާނެ ކަމަށާ މިވަގުތު މަޑުކޮށްގެން ތިބީ ބިމެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. 

ސްޓެލްކޯ އެމްޑީ ހުސައިން ފަހުމީ މައުލޫމާތު ދެއްވަނީ -- މި

"މިވަގުތު އަދި ބިމެއް ނުލިބޭ [ހުޅުމާލެ] އަކުން ނެތް. އުންމީދު ކުރަނީ ބިމެއް ހަމަޖެހިގެންދާނެ ކަމަށް ވަރަށް އަވަހަށް. އިރާދުކުރެއްވިޔާ ރޯދަ މަހު ކަރަންޓު ލޯޑަށް ދައްޗެއް ނުވާނެ،" ފަހުމީ ވިދާޅުވި އެވެ. 

މިދިޔަ އަހަރުގެ އޮގަސްޓް މަހު ސްޓެލްކޯގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީ ފަހުމީ ވިދާޅުވީ ފަހުމީ އާބާދީއާ އެއްވަރަށް ކަރަންޓުގެ ލޯޑު ޖެންސުމަށްޓަކައި ހިންގަން ނިންމާފައިވާ ސިސްތް ޕަލާ ކަރަންޓު މަޝްރޫއު ލަސްވުމުގެ ސަބަބުން އެކަމަށް ވެސް މި ވަގުތަށް ހައްލު ތަކެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. މި ޖަނަރޭޓަރު ތަކަކީ އެކަމަށް ގެނައި އެއްޗެކެވެ. 

ސްޓެލްކޯ އިން ގެނެސްފައިވާ ޖަނަރޭޓަރުތައް ހުޅުމާލެ އިންޖީނުގެ ކައިރީ މަގު މަތީގައި ބަހައްޓާފަ

ފަސް އަހަރު ދުވަސް ކުރީގައި އޮތް އާބާދީއާ އަޅާބަލާއިރު މާލެ ސަރަހައްދުގެ އާބާދީ ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. އެކަމަކު މި އާބާދީ އަށް ބޭނުން ވާނެ ކަރަންޓު އުފައްދާ ނިޒާމުތަކެއް މިދިޔަ ފަސް އަހަރު ގެނެސްދެވިފައެއް ނެތެވެ. ސްޓެޓިސްޓިކް ޑިޕާޓްމަންޓުން އެންމެފަހުން ހެދި ބޯހިމެނުގެ ހިސާބުތައް ދައްކާ ގޮތުން މާލެ ސަރަަހައްދުގައި 2014 ވަނަ އަހަރުގެ އާބާދީއަކީ 153،904 މީހުންނެވެ. ނަމަވެސް ބޯހިމެނި 2022 ވަނަ އަހަރު މާލެ ސަރަހައްދުގެ އާބާދީއަކީ 212،138 މީހުންނެވެ.
އަށް އަހަރަށް ބަލާނަމަ އާބާދީ ވަނީ 58،234 މީހުން އިތުރުވެފަ އެވެ. 2014 ގެ ބޯހިމެނުނާ އަޅާބަލާއިރު ވަނީ އާބާދީ 38 ޕަސެންޓް އިތުރުވެފަ އެވެ. މިއީ އަހަރަކަށް ބަލާނަމަ މާލެ ސަރަހައްދުގެ އާބާދީ ހަތަރު ޕަސެންޓް އިތުރުވެފައިވެ އެވެ. 

މާލެ ސަރަހައްދުގައި ކަރަންޓުގެ މަޝްރޫއެއް އެންމެފަހުން ހިންގީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެއްޓެވި ފިފްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެވެ. ހުޅުލޭގައި 50 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އުފެއްދުމުގެ ގޮތުން ޗައިނާގެ ލޯނާއެކު ފެށި މި މަޝްރޫއު ނިމި ދަނީ ކަރަންޓު ދެމުންނެވެ. ނަމަވެސް އޭގެފަހުން ހުޅުމާލެ މާސްޓަ ޕްލޭންގެ ބޭރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތި ތަކެއް ދިނުމުގެ ސަބަބުން ކުރިން އަންދާޒާ ނުކުރެވޭ އާބާދީއެއް މި ސަރަހައްދަށް އިތުރުވުމުގެ ބިރު ވަނީ ހީވެދަ އެވެ. މީގެ ސަބަބުން ސްޓެލްކޯގައި އޮތް ކަރަންޓުގެ ކެޕޭސިޓީ 120 މެގަވޮޓް ފަހަނަ އަޅާ ދިއުމުގެ ބިރު އެބައޮތެވެ. އަދި މާލެ ސްޓެލްކޯ ގޯތިތެރޭގައި ޖަނަރޭޓަރު ބަހައްޓާނެ ޖާހައެއް މިވަގުތު ނެތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.