ޕީޕީއެމް އުވާލާ އީސީގެ ދަފްތަރުން ނަގައިފި

މިއަދުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ޕީޕީއެމްގެ ބޮޑު ރެލީއެއް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެމަތިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަަށެވެ.

އެހެން ކަމުން މިއަދުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމައިފި ކަމަަށް ވެސް ބުންޏެވެ.

ޕީޕީއެމް އުވައިލަން ޖެހޭ ކަމަށް ޕާޓީގެ ތިން ނާއިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިއްތިފާގުން ނިންމުމުން ސެނެޓުން އެ ކަން ފާސްކުރީ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު އެވެ.

36،000 ވުރެ ގިނަ މެންބަރުން ތިބި ޕީޕީއެމް އުވާލަން ނިންމި ސަބަބު ސާފުކޮށްދީ އެ ޕާޓީން ބުނީ ސަރުކާރު ހިންގަނީ ޕީއެންސީއާ ޕީޕީއެމް ކޯލިޝަނުން ކަމަށްވެފައި ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން ޕީއެންސީއާ ގުޅެމުންދާތީ ސިޔާސީ ހަރަކާތްތައް ވަކީން ހިންގުމުގެ ބޭނުމެެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.

އެ ޕާޓީ އުވާލީ ރައީސް މުއިއްޒުގެ ޕީއެންސީ ބޮޑުކުރުމަަށެވެ. ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަަށް ގިނަ މަސައްކަތްތަކެއް ހިންގި އެވެ. އެތައް ހާސް ފޯމެއް ފުރާ ކޮމިޝަނަށް ހުށައެޅި އެވެ. ނަތީޖާއެއްގެ ގޮތުން އެންމެ މެންބަރުން ގިނަ ޕާޓީ އަކީ މިހާރު ޕީއެންސީ އެވެ.

ނަމަވެސް އެތައް ސަތޭކަ ފޯމެއް އެއީ ވަގަށް ފުރާފައިވާ ފޯމްތަކެއް ކަމަށް ބެލެވި އެކަން ބަލަން ކޮމިޝަނަށް ޕާޓީތަކުން ވަނީ ހުށައަޅާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.