ހިޔާނާތްތެރިވި ކަމަށް ބައްސާމް ކޯޓުގައި އިންކާރު ކޮށްފި

ކްރިމިނަލް ކޯޓުގައި މިއަދު ދައުލަތުން އޭނާގެ މައްޗަށް ދައުވާތައް އިއްވުމުން، ވަނީ އިންކާރު ކޮށްފަ އެވެ. ދައުވާއަށް އިންކާރު ކުރައްވަމުން އޭނާގެ ފަރާތުން ވިދާޅުވެފައި ވަނީ ދައުވާގައި ބުނާ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ވަކީލު ދައުވާތަކަށް އިންކާރު ކޮށްފި އެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ދިން 9،999 ޑޮލަރު އެ އަހަރުގެ އޯގަސްޓު މަހުގައި ބައްސާމުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ މައްސަލައެކެވެ.

ބައްސާމްގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ދައުލަތުން އޭނާގެ މައްޗަށް ދައުވާތައް އިއްވުމުން، ވަނީ އިންކާރު ކޮށްފަ އެވެ. ދައުވާއަށް އިންކާރު ކުރައްވަމުން އޭނާގެ ފަރާތުން ވިދާޅުވެފައި ވަނީ ދައުވާގައި ބުނާ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާ "ސޭލްސް އޮފް ޑޮލާސް" ކަމަށް ލިޔެކިޔުމުން ފެންނަން އޮންނާތީ އެކަމުގެ ތަފްސީލު ދެއްވުމަށް ގާޒީ އެދިވަޑައިގެންނެވި އެވެ. ނަމަވެސް ބައްސާމްގެ ވަކީލް ވިދާޅުވެފައި ވަނީ އެ ކަމަށް ޖާވާބު ދެވޭނީ ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.

ދައުވާއަށް ބައްސާމް ޖަވާބުދާރީވުމުން ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތެއް ގާޒީ ވަނީ އޭނާއަށް ދެއްވާފަ އެވެ.

މި މައްސަލާގައި ދައުލަތުން ތުހުމަތުކުރަނީ ބައްސާމުގެ އެފްއޭއެމްއަށް ޑޮލަރު ގަންނަން ކަމަށް ބުނެ ބައްސާމުގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކުރުމަށްފަހު އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ފޯރުކޮށްދީފައި ނުވާކަމަށާއި، އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކުރައްވައިގެން އޭނާ އެއިރު ދިރިއުޅުއްވަމުން ގެންދެވި ރެހެންދި ފުލެޓުގެ ކުލި ދެއްކެވި ކަމަށެވެ.

މި މައްސަލައިގެ އިތުރަށްވެސް އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާއަށް ބައްސާމު ހިޔާނާތްތެރިވެފައިވާކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އެގޮތުން އޭނާ އެ އިދާރާގެ ފައިސާ ބޭނުންކުރައްވައިގެން ދެ އެޕާޓުމެންޓެއް ބައްލަވައިގެންނެވިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.