އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލެއް ބަލައި ނުގަންނާނެ ކަމަށެވެ.
އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލެއް ބަލައި ނުގަންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި ދެންމެ ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލެއް ބަލައި ނުގަންނާނެ ކަމަށެވެ.
އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރައްވަ އެވެ.
ނަމަވެސް އެެމަނިކުފާނު މިފަދަ ޕޯސްޓެއް ކުރެއްވީ އެމަނިކުފާނު އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާނު ކޮށްފައި ވަނިކޮށެވެ. އެ ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަަދަށް މެންބަރުން ހަމަވެފައިނުވާތީ މިއަދުން ފެށިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމު ކުރާ އަދަދަށް މެންބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން ކުރީންވެސް އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. ނަމަވެސް އެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅަން އެ ޕާޓީން ކޯޓަށް ދިޔަ އެވެ. މައްސަލަ ނިމުނީ ވެސް އެ ޕާޓީގެ ކޮޅަށެވެ.
އޭގެ ފަހުން އޮގަސްޓް 25 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމު ކުރާ އަދަދަށް މެންބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން އަލުން ނިންމީ އެވެ.