އެމްއެމްޕީއާރުސީއާ ގުޅުނު ސާރާއަކީ ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުގައި މަސައްކަތްކޮށް 30 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ މީހެކެވެ.
ރާއްޖެ މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރުން ވަރުގަދަ ކުރަން އެމްއެމްޕީއާރުސީން ޑިޖިޓަލް މާކެޓިންގެ ތަޖުރިބާކާރެއް ކަމަށްވާ
ސާރާ މެތިއުސް ހަމަޖައްސައިފިއެވެ.
"އިންސައިޓް-ސައިކްލޮޕީޑިއާ" ގެ ނަމުން މަޝްހޫރުވެފައިވާ ސާރާ ޑިޖިޓަލް މާކެޓިންގެ 30 އަހަރުގެ ތަޖުރިބާކާރު ސާރާ ވަނީ ޓެސްލާ އާއި ކޮކާކޯލާ އަދި ޖަޕާން އެއާލައިންސް އަދި ސިންގަޕޫރު އެއާލައިންސް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް މަސައްކަތްކޮށްފަ އެވެ.
ސާރާވަނީ ޓްރިޕްއެޑްވައިޒާގައި 10 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ ސާރާ ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި މާކެޓިން ސްޓްރެޓެޖީތައް ބައްޓަންކޮށް، ބިގް ޑޭޓާ އެނަލިޓިކްސްގެ މާހިރުކަން ހޯދާފަ އެވެ.
މަޝްހޫރު ޑިޖިޓަލް މާކެޓިންގ ބޫޓް ކޭމްޕެއް ކަމަށްވާ ޑެސްޓިނޭޝަން އެކަޑަމީގައި ވެސް ސާރާ އިސްކޮށް އުޅުއްވި އެވެ. އަދި އޭނާ ވަނީ ހޮންގްކޮންގް ޓޫރިޒަމް ބޯޑާއި ވިޒިޓް ފްލޭންޑާސް ބެލްޖިއަމް ޓޫރިޒަމް ފަދަ މަޝްހޫރު ޓޫރިޒަމް ބޯޑުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޕާޓާގެ އެންމެ ޒުވާން އަންހެން ޗެއާގެ ހައިސިއްޔަތުންނާއި ޑައިވާސިޓީ އިކުއިޓީ އަދި ޒިންމާދާރު ދަތުރުފަތުރަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުން ސާރާ އިސްކަން ދެއްވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މުޖުތަމައު ބާރުވެރިކުރުވުމަށެވެ. ސީއެންއެން، ޔޫއެންޑަބްލިއުޓީއޯ އަދި ބީބީސީ ފަދަ ޕްލެޓްފޯމްތަކުގައި ސާރާގެ ހުނަރު ދައްކާލައި އިނޮވޭޝަން އަދި ސްޓްރެޓެޖީގެ ލީޑަރެއްގޮތުގައި ދުނިޔޭގެ މައިދާނުގައިވަނީ ގާއިމްވެފައެވެ.
އެމްއެމްޕީއާރުސީން ބުނީ ސާރާގެ ތަޖުރިބާއަކީ ދެމެހެއްޓެނިވި އަދި އިންކްލޫސިވް ފަތުރުވެރިކަން ކުރިއެރުވުމަށް އެމްއެމްޕީއާރުސީއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ތަޖުރިބާކާރެކެވެ. ސާރާގެ އިރުޝާދުގެ އިތުރުން އެމްއެމްޕީއާރުސީން އަންނަނީ ބްރޭންޑް ސްޓްރެޓެޖީ އިތުރަށް ހަރުދަނާކުރުމާއި ރިފައިން ކުރުމާއި ފޯކަސް ގްރޫޕްތަކުގެ ތެރޭގައި އިންޑަސްޓްރީ ޓެކްނިކަލް ކޮމިޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ