މި މަޝްރޫއުގެ ދަށުން 50 ހައުސިން ޔުނިޓާއި 300 ހައުސިން ޔުނިޓު އަޅާ ރަށްތައްވެސް އިއުލާނުކޮށްފައިވެ އެވެ.
ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން އެދިގެން ފިނޭންސުން ބިޑްކޮށްފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 57 ރަށެއްގައި މަޝްރޫއު ހިންގަން ނިންމައި ވަނީ އެކަން ކޮށްދޭނެ ކުންފުނިތައް ހޯދަން އިއުލާނުކޮށްފަ އެވެ.
މި މަޝްރޫޢުގެ ދަށުން އިއުލާނު ކޮށްފައިވާ މަޝްރޫއުތަކަށް ކުރިމަތިލެވެނީ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުންނެވެ. މިއީ ބޭރުގެ ފަރާތްތަކާ ގުޅިގެން އަދި ވަކިން މަޝްރޫއުތަކަށް ކުރިމަތިލެވޭ އުސޫލެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މި ފްލެޓްތަކަށް ކޮންޓްރެކްޓަރުންނަށް ކުރިމަތިލެވޭނެ ގިތްތިތަކާއި ފައިނޭންސިން ޕްލޭންވެސް ނެރެފަ އެވެ.
މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓު އެޅުމަށް ހަމަޖެހިފައިވަނީ ރަށްތައް ހަތަރު ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ 50 ޔުނިޓާހަމަ އަށް ތަރައްގީ ކުރާ ރަށްތަކުގެ ކެޓަގަރީ އާއި 51 ޔުނިޓާއި 150 އާ ދެމެދުގެ ހައުސިން ޔުނިޓު އަޅާ ރަށްރަށުގެ ކެޓަގަރީއާއި 200 ޔުނިޓާއި 250 ހައުސިން ޔުނިޓު އަޅާ ރަށްރަށުގެ ކެޓަގަރީއާއި 300 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅާ ކެޓަގަރީގެ ރަށްތައްވެސް ހިމެނެ އެވެ. މިގޮތުން 50 ޔުނިޓަށްވުރެ މަދުން ހައުސިން ޔުނިޓް އަޅާ ރަށްތަކުގެ ކެޓަގަރީގައި 18 ރަށެއް ހިމެނެ އެވެ. މީގެ އިތުރުން 51 ޔުނިޓާއި 150 ޔުނިޓާ ދެމެދުގެ އަދަދަށް ހައުސިން ޔުނިޓުގެ ކެޓަގަރީގައި 17 ރަށެއް ހިމެނެ އެވެ. މީގެ އިތުރުން 10 ރަށެއްގައި 200 ޔުނިޓާއި 250 ހައުސިން ޔުނިޓާ އަޅާނެ އެވެ. މި ކެޓަގަރީގައި 10 ރަށެއް ހިމެނެ އެވެ. މީގެ އިތުރުން 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް އަޅާ ކެޓަގަރީގައި 12 ރަށެއް ހިމެނެ އެވެ.