ބޭންކްއަށް މުޅި އަހަރުގެ ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ގައުމީ ބޭންކް، ބީއެމްއެލްގެ ސާފު ފައިދާ 47 ޕަސެންޓުގެ އިތުރު ވުމެއް ލިބިއްޖެ އެވެ.
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބނީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހްންވެ މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅައިބަލާއިރު 47 ޕަސެންޓުގެ އިތުރުވުމެކެވެ.
އޮޑިޓް ނުކުރާ މާލީ ހިސާބުން ދައްކާ ގޮތުން ސާފު ފައިދާ އިތުރުވެފައިވަނީ ޕްރޮވިޜަންގެ ގޮތުގައި ބެހެއްޓިފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމުމުންނެވެ.
މިދިޔަ އަހަރުގެ މި ކުރިއެރުމާ ބެހޭ ގޮތުން ބޭންކުގެ ފުރަތަމަ ދިވެހި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ވަނީ މި ކުރިއެރުން ލިބިފައިވާތީ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.
"މިދިޔަ 2024 ވަނަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާ އިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭއިރު، މުޖުތަމައަށް ޚިދުމަތްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދޭ. މި އަހަރު ބޭންކުން މަސައްކަތް ކުރާނީ މި ލިބުނު ނަތީޖާއާއެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާއެކު. އަދި ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދީ، ކަސްޓަމަރުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ހޯދައިދިނުމުގެ އަޒުމާއެކު،" ސީއީއޯ ޝަރީފު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ކުއާޓަރުގައި ބޭންކުން ވަނީ 2025 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް "މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއެއްވެސް އިއުލާނުކޮށްފަ އެވެ. އަދި ޖަމިއްޔާތައް ބާރުވެރިކުރުވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް "ބޭންކް ފަންޑް" ލިބޭ ފަސް ފަރާތެއް ހޮވާފައިވެއެވެ.