"އާ އަހަރަކާއެކު ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ"

އަދި، ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒު މީގެ ކުރިން ޗައިނާއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔަނީ، އަރިހުގައި އެ ގައުމުގެ ރައީސް --

ޗައިނާގެ މިފެށޭ އާ އަހަރާއެކު، ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ޗައިނާގެ އާ އަހަރާ ގުޅިގެން އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވި ހާއްސަ ތަހުނިޔާގެ މެސެޖުގަ އެވެ. އެމަނިކުފާނު ވަނީ އެގައުމުގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއާ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު ލީ ޗިއާންއަށް ތަހުނިޔާގެ މެސެޖު ފޮނުއްވާފަ އެވެ.

އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސްޖުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި އިހުލާސްތެރި ހެޔޮއެދުންތައް ރައީސް ފޮނުއްވާފަ އެވެ.

އަދި، ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމަށް ވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ. 

ރައޫސް ވަނީ ޗައިނާގެ ރައީސާއި ބޮޑުވަޒީރަށް، ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ.

ރާއްޖެއާއި ޗައިނާއާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައި ވަނީ އޮކްޓޯބަރު 14، 1972 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.