މި މައްސަލައާ ގުޅިގެން ގާފަރަށް ނިސްބަތްވާ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އެ ރަށު ގުލްދަސްތާގެ ޖާޒިމް ޒައުރެވެ.
ފުލުހުން ދެންމެ ބުނީ މި ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށެވެ. ހެނދުނު 7:05 ހާއިރު ހިނގި މި ހާދިސާގެ މައުލޫމާތު ދެމުން ފުލުހުން ބުނީ ގާފަރު މަގުމަތީން ހިނގާދިޔަ މީހެެއްގެ ގަޔަށާް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށެވެ. ޒަހަމުވީ ބަންގަލްދޭޝްގެ ރައްޔިތެކެވެ.
މި މައްސަލައާ ގުޅިގެން ގާފަރަށް ނިސްބަތްވާ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އެ ރަށު ގުލްދަސްތާގެ ޖާޒިމް ޒައުރެވެ.
އޭނާ، ބިދޭސީ މީހާއަށް ހަމަލާ ދިން ސަަބަބެއް ސާފެއް ނުވެ އެވެ. ފުލުހުން ވެސް އެ ތަފްސީލެއް ނުދެ އެވެ. ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށެވެ.