ގައުމީ ބޭންކުން ޓޫރިޒަމް ދާއިރާގެ ބޭރު ފައިސާ މާރުކުރަން ފަސޭހަ ގޮތެއް

ބީއެމްއެލްގެ މި ސިސްޓަމާއެކު ފަސޭހަކަމާއެކު ޑޮލަރު މާރުކުރަން ޓޫރިޒަމް ސިނާއަތަށް ފަސޭހަ ވެގެންދާނެ އެވެ.

ގައުމީ ބޭންކް ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ތަކަށް ފަސޭހައިން ބޭރު ފައިސާ މާރުކުރެވޭ ޕްލެޓްފޯމެއް ތައާރަފްކޮށްފި އެވެ.

ގައުމީ ބޭންކް ބީއެމްއެލް އިން ބުނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރިސޯޓާއި ހޮޓެލް އަދި ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތަށް ބޭރު ފައިސާ މާރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިއީ މިހާރު އަމަލު ކުރަމުންދާ އެމްއެމްއޭ ގާނޫނާއި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަން ގަވައިދުގެ ދަށުން ދޭ ހިދުމަތެވެ.

މާރުކުރާ ޕްލެޓްފޯމް - މި ޕްލެޓްފޯމްގެ ޒަރީއާ އިން ވިޔަފާރިތަކަށް މަތީގައި ބަޔާންކޮށްފައިވާ ގާނޫނާއި ގަވައިދުގެ ދަށުން މާރުކުރަން ޖެހޭ ( މެންޑޭޓަރީ އެކްސްޗޭންޖް) ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެ އެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ ( ބޭންކުން ޑޮލަރު ގަތުން) 15.42 ރުފިޔާ އަށެވެ. މިއީ ބޭންކުން ޑޮލަރު ވިއްކާ އަގެވެ.

ބޭންކުން ބުނީ މި އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގު ފަހިކޮށްދީ، ވީހާވެސް ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ ގޮތް ހެދުމެވެ. 

ބޭރު ފައިސާ މާރު ކުރާ ގާނޫނުގައިވާ ގޮތުން 500 ޑޮލަރު މާރުކުރަންޖެހޭ އެސްޓަބްލިޝްމެންޓުތަކަކީ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑުތަކާއި އެނޫންވެސް އެފަދަ ތަންތަން ކަމުގައި ކަނޑައަޅައި 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސް އަދި ސިޓީ ހޮޓާތަކާއ ޓޫރިސްޓު އުޅަނދުތައް 25 ޑޮލަރު މާރުކުރާ ކެޓަގަރީ އަށް ބަދަލުކުރުމެވެ. އެގޮތުން ބިލުގެ 13 ވަނަ މާއްދާގައި ބުނެފައިވަނީ ކެޓަގަރީ އޭ ޓުރިޒަމް އެސްޓަބްލިޝްމެންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން އެ މަހެއްގައި އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަށް ޖެހޭ މިންވަރު އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީކޮށްފއިވާ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމުގަ އެވެ. 

މާރުކުރަން ޖެހޭ ކެޓަގަރީތައް

  • ކެޓަގަރީ އޭ - ކެޓަގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް މިކެޓަގަރީގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫން ހިންގާ ތަންތަން
  • ކެޓަގަރީ ބީ - މި ކެޓަގަރީގައި ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތައް
  • ކެޓަގަރީ ސީ - ޓޫރިޒަމް ނޫން ޑޮލަރުން އާމްދަނީ ލިބޭ ތަންތަން

ރާއްޖޭގެ ހަތަރު ބިލިއަން ޑޮލަރުގެ ޓޫރިޒަމެއް އޮތްނަމަވެސް ރާއްޖޭގެ ރިޒާވް ދަށްވުމަކީ ދުނިޔޭގެ މާލީ އިދާރާތަކުގެ އެންމެ ބޮޑުއެއް ކަންބޮޑުވުމެވެ. މިކަން ހައްލު ކުރަން ފިޔަވަޅު އަޅަން އެތައް ފަހަރު އެ ފަރާތްތަކުން އެދިފައިވެ އެވެ. މިދިޔަ ސަރުކާރުން ކޮވިޑް-19 ގެ ފަހުން އެ ފިޔަވަޅު އަޅަން ޓޫރިޒަމްގެ އިސް ފަރާތްތަކާ މަޝްވަރާ ކުރި އެވެ. ނަމަވެސް ސިޔާސީ ގޮތުން އަންނާނެ ޕްރެޝަރަަށް ބަލާފަ އެ ފިޔަވަޅު އަޅާފައެއް ނުވެ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކިތަންމެ ޕްރެޝަރެއް އައިނަމަވެސް އެ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ފިޔަވަށްފަހު އިތުރުވާ ޑޮލަރު ރައްޔިތުންގެ ބޭނުމަށް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.